logo

އެމެރިކާއަށް އެއްބާރުލުން ނުދިނުމަށް ގޮވާލައި، އީރާނުން ދުނިޔޭގެ ގައުމުތަކަށް އިންޒާރު ދީފި

profile

މުޙައްމަދު ފަޟްލޫން - 06 އޭޕްރީލު 2026 - 15:08

ހަނގުރާމައިގެ އަމަލުތަކުގައި އެމެރިކާއަށް އެއްބާރުލުން ނުދިނުމަށް ގޮވާލައި، އީރާނުން ދުނިޔޭގެ ގައުމުތަކަށް އިންޒާރު ދީފިއެވެ.

https://wamco.com.mv/

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެސްމާއީލް ބަގާއީ ވިދާޅުވި ގޮތުގައި، އެ ގައުމުގެ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާއިން ދެމުންދާ އިންޒާރުތަކަކީ ހަނގުރާމައިގެ ޖަރީމާ ތަކެކެވެ. އެފަދަ އަމަލުތަކުގައި އެމެރިކާއަށް އެހީތެރިވެދޭ ކޮންމެ ގައުމަކުންވެސް، އޭގެ ގާނޫނީ ޒިންމާ އުފުލަންޖެހޭނެ ކަމަށް އޭނާ ހަރުކަށި އިބާރާތުން ވިދާޅުވިއެވެ.

ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ އަސްކަރީ ދިފާޢީ ހަރަކާތްތަކާ އެކު އެ ގައުމުގެ ޑިޕްލޮމެޓިކް މަސައްކަތްތައްވެސް ވަރުގަދަކޮށް ކުރިއަށްދާނެއެވެ.

އެމެރިކާއިން ހިންގާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގައި ބައިވެރިވާ ކޮންމެ ފަރާތަކީ އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ބައެއްކަން ފާހަގަކުރައްވައި، ބައިނަލްއަގުވާމީ މުޖުތަމައުން އެމެރިކާއާ ބައިވެރިނުވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk