
ކުޅިވަރަކީ މުޖްތަމައުގެ ތެރޭގައި ހުރި ގިނަ ކަންތައްތަކެއް ހައްލުކުރުމަށް ވަރުގަދަ ބާރެއް : ރައީސް

މުޙައްމަދު ފަޟްލޫން - 06 އޭޕްރީލު 2026 - 11:53
ކުޅިވަރަކީ މުޖްތަމައުގެ ތެރޭގައި ހުރި ގިނަ ކަންތައްތަކެއް ހައްލުކުރުމަށް ވަރުގަދަ ބާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯރޓްސް ފޯރ ޑިވެލޮޕްމަންޓް އެންޑް ޕީސް ގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ، މިދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އިންސާނުންގެ ދުޅަހެޔޮކަމާ ޤައުމީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ސުލްޙަ މަސަލަސްކަމާ އެއްބައިވަންތަކަން ޤާއިމުކުރުމުގައި ކުޅިވަރު އަދާކުރާ މުހިންމު ދައުރުގެ މަތިންކަމުގައެވެ.
ކުޅިވަރަކީ، ޤައުމު ތަކުގެ އިންތައް، ފަހަނައަޅައިދާ އެއްޗެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ކުޅިވަރަކީ މަސްތުވާތަކެތި ބޭނުންކުރުމާ، ކަރަޕްޝަން އަދި މާރާމާރީފަދަ އިޖުތިމާޢީ ބޮޑެތި މައްސަލަތަކަށް އޮތް ވަރުގަދަ ހައްލެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޒުވާނުންގެ ކިބައިގައި ރިވެތި އަޚްލާޤާއި، ވިލުންތެރިކަމާ، އަދި ގުޅިގެން މަސައްކަތްކުރުމުގެ އާދަޔާ، އިޙްތިރާމްކުރުމުގެ ސިފަހަރުލެއްވުމާއެކު ޞިއްޙީގޮތުން ދުޅަހެޔޮ، ހަރުދަނާ ދިރިއުޅުމެއް ޒުވާނުންގެ ކިބައިގައި އަށަގެންނެވުމުގައި ކުޅިވަރު އަދާކުރާ ދައުރުގެ ސަބަބުން ޤައުމީ ތަރައްޤީއަށް މަގުފަހިވެގެންދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ގާނޫނެއް ވުޖޫދު ކުރެވުމާ، ސްޕޯޓްސް ޑިވެލޮޕްމަންޓް ފަންޑެއް ޤާއިމުކުރުމާ، ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯރޑުގެ ސަބަބުން، މޮޅެތިކުޅުންތެރިން އުފެދިގެންދިޔުމާ، ކަމަށް ކަމޭހިތުމާއި، ނަތީޖާއާ ހަމަޔަށް ވާސިލުވަންދެން ގަދައަޅާމަސައްކަތްކުރުމާ، ކާމިޔާބުހޯދުމާއި ހިތްވަރު ލިބިގަތުމުގެ ރޫޙު އާލާ ކުރުމުގެ ސަގާފަތެއް، ކުޅިވަރު ކުޅުންތެރިންގެ ތެރޭގައި، އުފެދިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ކުޅިވަރުކުޅޭ މުޖުތަމަޢަށް ބޭނުންވާނެ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމާއި، އަރުތަ ސްކޮލަރޝިޕާއި، އަދި މިންތީގެ ތަފާތުކުރުމެއްނެތި، ޤައުމީ ކުޅުންތެރިންގެ މުސާރަ ބޮޑުކޮށްދިނުމަކީ، ސަރުކާރުން އިސްނަންގަވައިގެން ކުޅިވަރުތަރައްގީ ކުރެއްވުމަށް ކުރައްވާފައިވާ މުހިއްމު މަސައްކަތްތަކެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ވިދާޅުވެފައިވަނީ، ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްގީ ކުރެއްވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެނަދަވާނެ ކަމުގައެވެ.
އެންމެންގެ ބައިވެރިވުމާއެކު، ކުޅިވަރުގެ ދާއިރާ އިތުރަށް ކުރިޔަށް ގެންދިޔުމަށް ކުރެވޭ މަސައްކަތުން، ދުޅަހެޔޮ، އެކުވެރި އަދި ކުރިޔަށް ދިޔުމުގެ ރޫޙު އަށަގަނެފައިވާ ވިސްނުމެއްގެ ޒަރީޢާއިން، ގައުމަށް އިތުރު ކާމިޔާބީއާއި، ހަމަޖެހުން ލިބިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އަޅުގަނޑަށް ވޯޓުދެއްވި ހުރިހައި ފަރާތްތަކަށް ވެސް ޝުކުރު ދަންނަވަން: މޫސާ އަލީ ޖަލީލް
44 މިނިޓު ކުރިން
.jpg&w=3840&q=75)
އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ އެމްޑީ މަގާމުން ވަކިކޮށްފި
3 ގަޑިއިރު ކުރިން

އެމެރިކާއަށް އެއްބާރުލުން ނުދިނުމަށް ގޮވާލައި، އީރާނުން ދުނިޔޭގެ ގައުމުތަކަށް އިންޒާރު ދީފި
5 ގަޑިއިރު ކުރިން

ސަލްމާ އާއި މުންދު މަގާމުން ވަކިކޮށްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)