
ވިލިމާލޭ މަގުތަކުގައި ނަންބޯޑު ހަރުކުރުމުގެ މަސައްކަތް ފަށައިފި

އައިމިނަތު ޒައިބާ - 02 ފެބްރުއަރީ 2026 - 11:01
ވިލި މާލޭގެ މަގުތަކުގައި ނަން ބޯޑު ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ
ވިލިމާލޭގައި މި މަސައްކަތް ކުރަމުން ދަނީ މާލޭ ސިޓީ ކައުންސިލުންނެވެ. ނަން ބޯޑު ހަރުކުރަމުން ދަނީ ދަނގަޑު ގައި ކޮންކްރީޓް ކުރުމަށް ފަހު މަގުގެ އެއްފަރާތުގައި މަގުގެ ނަން އެނގޭނެ ފަދަ ގޮތަކަށް ފެންނާނެ ހެންނެވެ.
ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ކުރަން ހުރި ވަރަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ.
އެގޮތުން މާލޭގެ މަގުތަކުގައި ހަރުކޮށްފައިވާ ލައިޓުތައް މަރާމާތު ކުރުމާއި، މާލޭގެ މަގުތަކުގައިވެސް ކުރަން ހުރި ކުދިކުދި މަރާމާތުތައް ކުރުމުގެ އިތުން މަގުތަކުގައި ކުލަލައި ޒީނާތްތެރި ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެ އެވެ.
ސިޓީ ކައުންސިލުން ވަނީ މި ދިޔަ ހަފްތާގައި މާލެ އާއި ހުޅުމާލޭ ފޭސް 2 ގައި ހުރި ބައެއް މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް ކޮށްފަ އެވެ.
ސިޓީ ކައުންސިލުން ކުރަމުންދާ މި މަސައްކަތްތައް ކުރިއަށް ގެންދަނީ އެކައުންސިލްގެ މުވައްޒަފުންނެވެ.
ގުޅުން ހުރި ޙަބަރުތައް

"ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިންގެ ދަށުން ހުޅުމާލެ ސާފުކުރުމުގެ މަސައްކަތް ފަށައިފި
42 މިނިޓު ކުރިން

އިންތިހާބުތަކުން ތަޅުއެޅުވިފައި އޮތް އޮތުން ނިންމަން ދެ އިންތިހާބު އެއްކޮށްލަން ޖެހޭ: މިނިސްޓަރ އާދަމް ޝަރީފު
42 މިނިޓު ކުރިން

100 ރުފިޔާގެ އައު ސްޓޮކް ބާޒާރަށް ނެރެފި
2 ގަޑިއިރު ކުރިން

ޒަކާތުގެ ޤާނޫނުގެ ދަށުން 'ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ' އުފައްދަވައި، މެންބަރުން އައްޔަނުކުރައްވައިފި
3 ގަޑިއިރު ކުރިން


