logo

100 ރުފިޔާގެ އައު ސްޓޮކް ބާޒާރަށް ނެރެފި

profile

މުޙައްމަދު ފަޟްލޫން - 02 ފެބްރުއަރީ 2026 - 10:26

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން 100 ރުފިޔާގެ އައު ސްޓޮކް ބާޒާރަށް ނެރެފިއެވެ.

https://wamco.com.mv/

އެމްއެމްއޭ އިން އާއްމުކުރި ނޫސްބަޔާނެއްގައި ބުނީ ރަން ދިހަ ފަހެއް ސީރީޒްގައި ހިމެނޭ 100 ރުފިޔާގެ ނޫޓްގެ ސްޓޮކް މަދުވުމުގެ ސަބަބުން 02 ފެބްރުއަރީ 2026 ގައި އައު ސްޓޮކެއް ބާޒާރަށް ނެރެފައިވާ ކަމަށެވެ.

ބީއެމްއެލް އިން ގިނަ އަދަދަށް އޭޓީއެމްތައް ބެހެއްޓުމުގެ ސަބަބުން 100 ރުފިޔާގެ ނޫޓަށް އޮންނަ ޑިމާންޑް ވަނީ އިތުރުވެފައެވެ. އެހެންކަމުން މިކަން ހައްލު ކުރުމަށް އެމްއެމްއޭ އިން މިއަދު މިވަނީ 100 ރުފިޔާގެ އައު ސްޓޮކެއް ބާޒާރަށް ނެރެ ބޭނުންކުރަން ފަށާފައެވެ.

ބޭނުންކުރާ ފައިސާގެ ނޫޓްތަކުގެ ސްޓޮކް މަދުވާ ހާލަތްތަކުގައި އައު ސްޓޮކް ޕްރިންޓް ކޮށްގެން ގެނައުމަކީ މަރުކަޒީ ބޭންކްތަކުން އާއްމުކޮށް ކުރާ ކެމެކެވެ.

ނަމަވެސް މިއީ އިތުރަށް މާކެޓަށް ޕްރިންޓްކޮށްގެން ފައިސާ ނެރުމެއް ނޫނެވެ.

މިހާރު ރާއްޖޭގައި ބޭނުންކުރާ ފައިސާގެ ނޫޓްތަކަކީ މިނިވަންކަމަށް 50 އަހަރު ފުރުމާއި ގުޅިގެން 2016 ވަނަ އަހަރު ރަން ދިހަ ފަހެއް ނޫޓް ސީރީސްގެ ނަމުގައި ނެރެފައިވާ ފައިސާގެ ނޫޓްތްކެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay