logo

ބުރިޖު އެކްސިޑެންޓް: 4 މީހަކަށް ދަނީ ފަރުވާ ދެމުން- ފުލުހުން

profile

ރިޟްވާން މޫސާ - 09 ފެބްރުއަރީ 2026 - 05:05

ރޭ ދަންވަރު ސިނަމާލެ ބުރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 4 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

https://wamco.com.mv/

މި އެކސިޑެންޓް ހިނގާފައި ވަނީ ރޭ ދަންވަރު 12:45 ހާ ކަންހާއިރުގަ އެވެ.

މި ހާދިސާ ހިނގާފައި ވަނީ މާލެ އިން ހުޅުމާލެ އަށްދާ ފަޅީގައި ކާރު ލޭން ފަޅީގައި މަޑުކޮށްގެން އޮތް ކާރެއްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެހެން ކާރެއް ފަހަތުން ޖެހި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލުން ނެއްޓި ސައިކަލް ދުއްވާ ލޭނަށް އެރުމުން އެވަގުތު ދުއްވާފައި ދިޔަ އިތުރު ހަތަރު ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށެވެ.

މި ހާދިސާގައި އަނިޔާވެގެން ހަތަރު މީހަކަށް ފަރުވާ ދެމުން އަންނަ އިރު އަނިޔާވެފައި ވަނީ ސައިކަލުން ދުއްވި ފަރާތްތައް ކަމެއް އަދި ކާރުގައި ޑްރައިވަރު ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދިޔަ ކާރެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay