logo

ގައުމީ ދުވަހާއި ގުޅިގެން މަޢުމޫން ފައުންޑޭޝަނުން ޅެން ހެދުމުގެ މުބާރާތެއް ބާއްވަން ނިންމައިފި

profile

އައިޝަތު އިބްރާހިމް - 18 އޯގަސްޓު 2025 - 14:38

މައުމޫން ފައުންޑޭޝަންގެ ފަރާތުން، ޤައުމީ ދުވަހާއި ގުޅިގެން، ދިވެހި ޤައުމިއްޔަތާއި، ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ އެއްބައިވަންތަކަން މި މައުޟޫތައް ރަމްޒުކޮށްދޭ ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމަށް ނިންމަވައިފިއެވެ.

https://wamco.com.mv/

ކުރީގެ ރައީސް، އަލްއުސްތާޛު މަޢުމޫން އަބްދުލް ޤައްޔޫމް ހިންގަވާ މައުމޫން ފައުންޑޭޝަނުން ނެރުއްވި ބަޔާނެއްގައި ވަނީ މިއަހަރުގެ ގައުމީ ދުވަހާ ގުޅުވައިގެން ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މި މުބާރާތަށް ދިވެހި ގައުމިއްޔަތާއި ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ އެއްބައިވަންތަކަމާ ގުޅުންހުރި މަޢުޟޫތަކަށް ޅެން ހެދޭނެކަމަށް އެ ފައުންޑޭޝަނުން ބުނެފައިވެއެވެ.

މައުމޫން ފައުންޑޭޝަނުން ބުނެފައިވަނީ މިމުބާރާތަކީ ހުރިހާ ދިވެހިންނަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.

މި މުބާރާތުގެ 1 ވަނައަށްދާ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، 2 ވަނަ އަށްދާ ފަރާތަކަށް 3،500 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށައަޅާފައެވެ. އަދި 3 ވަނައަށްދާ ފަރާތަކަށް2،000 ރުފިޔާގެ ފައިސާގެ އިނާމު ހުށައަޅާފައިވެއެވެ. މީގެ އިތުރުން މުބާރާތަށް ހުށައެޅޭ އެންމެ މޮޅު 5 ޅެމަށް ހަނދާނީ ލިޔުމެއްދެވޭނެކަމަށްވެސް މައުމޫން ފައުންޑޭޝަނުން ބުނެފައިވެއެވެ.

މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ޅެން ހެދުމަށްފަހު، 27 އޮގަސްޓު 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 140:00 ގެ ކުރިން އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

މިމުބާރާތުގެ ޤަވާޢިދު، މި ފައުންޑޭޝަންގެ ފޭސްބުކް އަދި އެކްސް ޕޭޖުން ލިބޭނެ ކަމަށާއި، އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ފައުންޑޭޝަންގެ ފޯން ނަމްބަރު 7981500 އަށް ގުޅުއްވުމަށް މައުމޫން ފައުންޑޭޝަނުން ވަނީ އެދިފައެވެ.

ކޮންމެ އަހަރެއްގެ ވެސް ރަބީއުލް އައްވަލް މަހުގެ 1ވަނަ ދުވަސް ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށް ފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ ދުވަސް ފާހަގަ ކުރުމަށެވެ.

https://wamco.com.mv/
https://www.aslu.com.mv