logo

48 ދަޅު ބަނގުރަލާއި އެކު ބިދޭސީއަކު ހައްޔަރުކޮށްފި

profile

ޝުރުފާ މުހަންމަދު - 05 އޯގަސްޓު 2024 - 00:06

ބަނގުރަލާއި އެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކުރުން

ބަނގުރަލާއި އެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކުރުން

48 ދަޅު ބަނގުރަލާއި އެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކުރީ މިރޭ 10 ޖެހި އިރު ހުޅުމާލެއިން ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ އަމީން އެވެނިއު ކައިރިން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ފޮޓޯއިން ފެންނަނީ އަމީން އެވެނިއު ކުރިމަތީގައި ޓެކްސީއެއް ކައިރީގައި އެމީހާ މަޑުކުރުވައި ބަނގުރާ ކޭހެއް ހުޅުވައިގެން ފުލުހުން ބަލާ މަންޒަރެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ،

tel:+9607331319