
އަތަ
އަތައިން ލިބޭ ފައިދާތައް އެނގޭތަ!

ޙުސައިން ފަޒީލް - 31 މޭ 2023 - 16:24
އަތައަކީ ރާއްޖޭގައި ޒާމާނުއްސުރެ ހައްދާ މޭވާއެކެވެ. ދިވެހިންގެ މެދުގައި މަޤްބޫލު މި މޭވާއަކީ ވަރަށް ފޮނި އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ މޭވާއެކެވެ. އަތަ ނިސްބަތްވަނީ "އަނޯނާ" އާއިލާއަށެވެެ. ވިލާތު އަތައާއި ދިވެހި އަތައަކީ ރާއްޖޭގައި ހައްދާ އުޅޭ ދެ ބާވަތެވެ. އަތައިގާ ހަށިގަނޑަށް ވަރަށް ބޭނުންތެރި ގިނަ މާއްދާތަކެއް ހުރެއެވެ. މިގޮތުން ވިޓަމިނާއި މިރަލާއި ފައިބާ އަތައިގާ ހުރެއެވެ.
އަތައިގާ ގިނަ އަދަދަކަށް ފައިބަރ ހުންނާތީ އަތަ ކެއުމުން ބަނޑު ހިކުމުގެ މައްސަލަ ހައްލުކޮށްދެއެވެ. އަދި ވައިގެ އުނދަގުލާއި ހަޖަމުގެ މައްސަލަތަކަށް ފަރުވާލިބޭ ކަމަށް ދިރާސާތަކުން ދައްކައެވެ. މި މޭވާގައި ގިނަ އަދަދަކަށް ލިއުޓިން ހުރެއެވެ. ލިއުޓިން އަކީ ވިޓައިން އޭގެ އެންޓި އޮކްސިޑެންޓެކެވެ. މީގެ ސަބަބުން މި މޭވާ ކާ މީހުންގެ ފެނުން ރަނގަޅުކޮށްދީ ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ގަވައިދުން އަތަކާމީހުންނަށް ކެޓަރެކްޓް ފަދަ ލޮލުގެ އާންމު ބަލިތައް ޖެހުމުގެ ފުރުސަތު %27އަށް ދަށްކޮށްދެއެވެ.
އަތައަކީ ލޭމައްޗަށް ދާމީހުންނަށް މުހިންމު މޭވާއެކެވެ. އަތައިގާ ފުދޭވަރަކަށް ސޯޑިއަމާއި ޕޮޓޭސިއަމް ހުރެއެވެ. މި ދެމާއްދާގެ ސަބަބުން ލޭހޮޅިތަކުގެ ސިއްޙަތު ރަނގަޅުކޮށްދީ ހިތުގެ ބަލިތަކުން ދުރުކޮށްދެއެވެ.
ކެންސަރަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމުވަމުން އަންނަ ބައްޔެކެވެ. ކެންސަރުން ދުރުވެ ތިބުމަށް އަތައަކީ ނުހަނު ބޭނުންތެރި މޭވާއެކެވެ. އަތައިގާ ކެންސަރާ ހަނގުރާމަކޮށް ހުއްޓުވުމުގެ ޤާބިލްކަން ހުންނަ ތިން މާއްދާއެއް ހުރެއެވެ. ފަހުގެ ދިރާސާތަކުން ދައްކަނީ މިދެންނެވި މާއްދާތަކުގެ ސަބަބުން ގޮހޮރުގެ ކެންސަރުންދުރުކޮށްދޭ ކަމެވެ. މީގެ އިތުރުން ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމާއި ހުޅުތަކުގައި ރިއްސުމާއި ކަށީގެ ބަލިތަކަށްވެސް ފަރުވާލިބެއެވެ.
އަތައިގާ ކިތަންމެ ފައިދާއެއް ހުރިކަމުގައިވިޔަސް މާގިނައިން އަތަކެއުމަކީ ސިއްޚީ ގޮތުން ރަނގަޅު ކަމެއްނޫނެވެ. ސަބަބަކީ އަތައިގާ އަނޯނޭސިން ކިޔާ ވިހަ މާއްދާއެއް ހުރުމެވެ. އަތަ މާ ގިނައިން ކެއުމުން ނާރުތަކަށް ޖެހޭ ބައްޔެއް ކަމަށްވާ ޕާކިންޒަންސް ބަލި ޖެހުމަށް މަގުފަހިކުރުވައެވެ. މި ބައްޔަކީ އާންމު ބޭސްތަކަށް ނުގުޑާ މީހާ އުނދަގޫ ޙަލަތަކަށް ގެންދާ ބައްޔެކެވެ. އަނޯނޭސިން އެންމެ ގިނައިން ހުންނަނީ އަތައިގެ ތޮށްޓާއި އޮށުގައެވެ. އެހެންކަމުން އަތާއިގެ ތޮށްޓާއި އޮށް ވަކިކޮށްގެން މި މޭވާ ކެއުމަކީ މުހިންމު ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ވިންދާ އިހުސާސް އެނގޭ، ކޮންމެ ރައްޔިތެއްގެ ކަންބޮޑުމަށް ވެސް އިޖާބަ ދޭނަން: ރައީސް
7 ގަޑިއިރު ކުރިން

މީހެއްގެ ވައިބަރ ހެކްކޮށް، 150،000ރ އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއް
10 ގަޑިއިރު ކުރިން

ނަހަމަގޮތުގައި ކާޑުލިމިޓްގެ ބޭނުން އެބަކުރޭ، ހަރުކަށި ފިޔަވަޅުތަަކެއް އަޅަންޖެހިދާނެ: ބީއެމްއެލް
12 ގަޑިއިރު ކުރިން

55 ކައުންސިލް ޢިމާރާތުގެ މަޝްރޫޢު ޖޫނަށް ނިމޭނެ: މިނިސްޓަރ
13 ގަޑިއިރު ކުރިން


