logo

ކުނި މެނޭޖްކުރަން 178 ރަށަށް ފައިސާ ދީފި

profile

އަހުމަދު ޒަލީފު - 18 ޖުލައި 2023 - 23:00

ކުނި މެނޭޖްކުރުމަށް ފައިސާ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކުނި މެނޭޖްކުރުމަށް ފައިސާ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކުނި މެނޭޖްކުރުމަށް 178 ރަށަކަށް ސަރުކާރުން ފައިސާ ދީފިއެވެ.

މިއީ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ސަރުކާރުން ރަށު ކައުންސިލްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.

ކައުންސިލްތަކަށް އެހީވުމުގެ ގޮތުން ފައިސާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ގްރީން ފަންޑުން 30.8 މިލިއަން ރުފިޔާ ކައުންސިލްތަކާ ހަވާލުކޮށްފަ އެވެ.

މިރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ މި އެހީގެ ސަބަބުން ރަށު ކައުންސިލްތަކުން ކުނި މެނޭޖްކުރުމަށް ކުރަމުންދާ ޚަރަދު ފޫބެއްދުމަށް ފަސޭހަވެ ރަނގަޅުގޮތުގައި ރަށުގައި ކުނި މެނޭޖްކުރުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ. އަދި މިއީ މިގޮތަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރު ކަމަށްވީ ނަމަވެސް ކޮންމެ އަހަރަކުވެސް މޯލްޑިވްސް ގްރީން ފަންޑުން މިކަމަށް ބަޖެޓް ކަނޑައަޅާ މިނިސްޓްރީގެ ބަޖެޓްގައި ހިމަނައިގެން މި އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ޝައުނާ ވިދާޅުވި އެވެ.

ރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށުގެ ތެރެއިން ސިޓީތައް ފިޔަވާ އެހެން ހުރިހާ ރަށަކަށްވެސް މޯލްޑިވްސް ގްރީން ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ. މިކަމަށް މިއަހަރު މިނިސްޓްރީގެ ބަޖެޓްގައި ހިމަނާފައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ 30,800,000 ރުފިޔާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މިއީ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ސަރުކާރުން ރަށު ކައުންސިލްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރު ކަމަށެވެ. އެގޮތުން އެ ފައިސާ ބޭނުންކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކަކީ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ގެންގުޅޭ އާލާތްތައް ހިންގުމަށާއި އެތަކެތި މަރާމާތުކޮށް ބެލެހެއްޓުމަށް ހިނގާ ހަރަދު ފޫބެއްދުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

https://int.etukuri.mv/
tel:+9607331319