
ގެސްޓުހައުސްތަކުގެ މެންބަޝިޕް ފީ ކުޑަކޮށްފި

ޝަހްޒާ މުޙައްމަދު - 05 ޖެނުއަރީ 2026 - 06:29
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މެމްބަރޝިޕް ފީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކުޑަކޮށްފިއެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، ގެސްޓުހައުސްތަކަށް ހާއްސަ ކޮށްގެން މީގެ ކުރިން ނަގަމުން ދިޔަ ޕީތައް ވަރަށް ބޮޑުތަނުން ކުޑަކޮށްފައިވާ ކަމަށެވެ.
ކުރިން 1،000 ޑޮލަރުގައި ހުރި ފީ، 25 ކޮޓަރިއަށްވުރެ މަދު ތަންތަނަށް 350 ޑޮލަރަށް އަދި އެއަށްވުރެ ގިނަ ކޮޓަރި ހުންނަ ތަންތަނަށް 750 ޑޮލަރަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ކުދި ވިޔަފާރިތަކަށް އެއްބާރުލުން ދިނުމާއި ރާއްޖެ އިޝްތިހާރު ކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުންކަމަށް ވިސިޓް މޯލްޑިވްސް އިން ބުންޏެވެ.
މެންބަރޝިޕް ފީގެ އިތުރުން ރޯޑްޝޯތަކާއި އެހެނިހެން ޕްރޮމޯޝަނަލް ހަރަކާތްތަކުގައި ބައިވެރިވުމުގެ އަގުތައްވެސް ވަނީ ހެޔޮކޮށްފައެވެ. މީގެ އިތުރުން މީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ރާވައިގެން ހިންގާ ކޮންޓެންޓް ދަތުރުތަކުގައި ބައިވެރިވެ، ރިސޯޓް ނުވަތަ ގެސްޓުހައުސް ފަދަ ވިޔަފާރިތަކަށް އެތަންތަން އިޝްތިހާރު ކުރުމަށް ބޭނުން ކުރެވޭނެ ފެންވަރު ރަނގަޅު ކޮންޓެންޓު ފޯރުކޮށްދޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ގުޅުން ހުރި ޙަބަރުތައް
-79e1aa401c2c0196006b.webp&w=3840&q=75)
ކެންޑިޑޭޓުންގެ އެޕްލިކޭޝަން ފޯމު ފުރުމަށް ޕޯޓަލް ހުޅުވާލައިފި
8 ގަޑިއިރު ކުރިން

އެމް.އޭސީ.އެލް އަކީ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ގާބިލްކަން ހޯދާފައިވާ ކުންފުންޏެއް: މިނިސްޓަރު މޫސާ ޒަމީރު
9 ގަޑިއިރު ކުރިން

ހޯމްނާސިން ކެއާގެ ހިދުމަތް ރޯދަމަހުގެ ފަހުން ފަށަނީ
9 ގަޑިއިރު ކުރިން

ބައްސާމު އިތުރު 23 އަހަރަށް ޖަލަަށް ލާން ހުކުމްކޮށްފި
10 ގަޑިއިރު ކުރިން


