
ސިއްހީ ހިދުމަތްދޭ ދެރަށެއްގެ އިމާރާތް ކުރުމުގެ މަސައްކަތް ހަވާލްކޮށްފި

މުޙައްމަދު ފަޟްލޫން - 26 ނޮވެމްބަރު 2025 - 13:11
ސިއްހީ ހިދުމަތްދޭ ދެރަށެއްގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލްކޮށްފިއެވެ،
މިނިސްޓްރީ އޮފް ހެލްތުގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާޙިމް އާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހއ އަތޮޅު ހޮސްޕިޓަލްގައި ސިޓީ މެމޮގްރަފީ އަދި އެކްސްރޭ ހިދުމަތް ދިނުމަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ފާފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލްކޮށްފައެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަަދު ގާސިމް އެވެ.
މި މަޝްރޫއުގެ އަގަކީ 4.9 މިލިއަން ރުފިޔާއެވެ. މި މަޝްރޫއު ނިންމަން ހަވާލުކޮށްފައިވަނީ 6 މަސްދުވަހުގެ ތެރޭގައެވެ. މަޝްރޫއުގައި ހިމެނޭ މައިގަނޑު މަސައްކަތުގެ ތެރޭގައި ސީޓީ ރޫމް ގާއިމް ކުރުމާއި އެކްސްރޭ ރޫމާއި އަލްޓްރާ ސައުންޑް ރޫމްގެ އިތުރުން ސްކޭން އަދި ސްޕީޗް ތަރަޕީ ރޫމް ގާއިމް ކުރުން ހިމެނެއެވެ.
ސިއްހީ ހިދުމަތް ދިނުމަށް މިއަދު ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެވުނު ދެވަނަ އެއްބަސްވުމަކީ ރ ދުވާފަރު ސިއްހީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑް ކުރުމަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ހަވާލްކުރުމަށް އަލްޓެކް މޯލްޑިވްސް އާއި އެކު ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް އަބްދުﷲ އެވެ. އަލްޓެކް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރ ހުސައިން ތަސްމީން އެވެ.
މި މަޝްރޫއުގެ ދަށުން ދުވާފަރު ހޮސްޕިޓަލްގައި އޮޕަރޭޝަން ތިއޭޓަރ ކޮންޕްލެކްސް އާއި އައިސީޔޫ އާއި ނާސް ސްޓޭޝަނަކާއި ޕްރޮސީޖަރ ރޫމްގެ އިތުރުން މެޑިކަލް އަދި ނޮން މެޑިކަލް ސްޓޯރ ރޫމް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
60 ދުވަސް ތެރޭގައި ނިންމަން ހަވާލްކުރި މި މަޝްރޫއުގެ އަގަކީ 25.5 މިލިއަން ރުފިޔާއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލީ ހޭލުންތެރިކަން އިތުރުކުރުމާއި ބެހޭ ޕްރޮގްރާމެއް ހިންގަނީ
3 ގަޑިއިރު ކުރިން

އެމެރިކާގެ ސަފީރު ފޮރިން މިނިސްޓަރުގެ އަރިހަށް ޒިޔާރަތް ކުރައްވައިފި
4 ގަޑިއިރު ކުރިން

މިސަރުކާރުން ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ: މިނިސްޓަރ ޝިޔާމް
4 ގަޑިއިރު ކުރިން

ޕީއެސްއެމް ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަކީބު ހަމަޖައްސަވައިފި
6 ގަޑިއިރު ކުރިން


