logo

އިންޑޮނީޝިއާގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 10 ޑިސެމްބަރު 2025 - 11:05

އިންޑޮނީޝިއާގެ ޖަކާޓާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން، ދިވެހިރާއްޖޭގެ ރައީސް ޑރ މުޙައްމަދު މުޢިއްޒު، އިންޑޮނޭޝީއާގެ ރައީސް، ހިޒް އެކްސަލަންސީ ޕްރަބޯވޯ ސުބިއަންތޯއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

https://wamco.com.mv/

ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑޮނީޝިޔާގެ ރައީސް ސުބިއަންތޯއަށާއި، މި ހާދިސާގައި ނިޔާވި މީހުންގެ ޢާއިލާތަކަށާއި، އެޤައުމުގެ ރައްޔިތުންނަށް ރައީސް ޑރ މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަހަމްވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު މި ހާދިސާގެ ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައިކަން، ރައީސްގެ ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އިންޑޮނީޝިއާ އަށް ކުރިމަތިވި ހިތާމަވެރި ހާދިސާގެ އަސަރު ކުރި ހުރިހާ ފަރާތްތަކަށް ހިތްވަރާއި ތަސައްލީ ލިބުމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ހާދިސާގައި އަނިޔާލިބި، ގެއްލުންތައް ތަޙައްމަލުކުރަން ޖެހުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ވީހާ އަވަހަކަށް އެކަމުން އަރައިގަނެވޭނެ ގޮތް ވުމަށް އެދިފަޑައިގެންފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay