
ފުލުހަކަށް ތޫނުއެއްޗަކުން ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މުޙައްމަދު ފަޟްލޫން - 20 ފެބްރުއަރީ 2026 - 12:41
ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއްގައި ހައްޔަރުކުރި މީހަކު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، ނޫރު، އަލީ ޝަހީމެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބެލެވޭ މިންވަރަށް ހެކި ލިބިފައިވާތީ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި، ހާދިސާ ހިނގި ސީނަށް ދިޔަ ފުލުހުންގެ ބަޔާންތަކާއި، އަނިޔާ ލިބުނު ފަރާތުގެ ބަޔާނުގެ އިތުރުން، ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތަކާއި އޭނާގެ ކުށުގެ ރެކޯޑް ހިމެނެއެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަލީ ޝަހީމަކީ މީގެ ކުރިންވެސް ހައްޔަރުކުރުމާއި ބަންދުކުރުމުގެ ރެކޯޑް އޮންނަ ފަރާތެކެވެ.
ގުޅުން ހުރި ޙަބަރުތައް
މިރޭ އިޙްޔާ ފޯރަމް ދިޔަމިގިލީގައި، ތަޤުރީރު ކުރައްވާނީ އައްޝައިޚް ޢާޒިމް ޚާލިދު!
4 ގަޑިއިރު ކުރިން

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މީހަކު ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން
.png&w=3840&q=75)
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
4 ގަޑިއިރު ކުރިން

ޖަޕާނުގެ ބޮޑުވަޒީރު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ރައީސް މަރުހަބާ ފޮނުއްވައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)