logo

މިރޭ އިޙްޔާ ފޯރަމް ދިޔަމިގިލީގައި، ތަޤުރީރު ކުރައްވާނީ އައްޝައިޚް ޢާޒިމް ޚާލިދު!

profile

އައިޝަތު އިނާޝާ - 20 ފެބްރުއަރީ 2026 - 14:21

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް މިރޭ ތ. ދިޔަމިގިލީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

https://wamco.com.mv/

'ރަމަޟާން މަހުގެ މާތްކަން' މި މަޢުޟޫޢުއަށް މިރޭގެ ފޯރަމްގައި ތަޤުރީރު ކުރައްވާނީ އައްޝައިޚް ޢާޒިމް ޚާލިދުއެވެ. މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައެވެ. މި ފޯރަމް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފޭސްބުކް ޕޭޖުންނާއި މުންނާރު ޓީވީން ވަގުތުން ދުރަށް ދައްކާނެއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އިޙްޔާ ފޯރަމްއަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ގުރުއަތުން ހޮވޭ ބޭފުޅުންނަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް، އަދި އަތޮޅުތެރޭގެ 10 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން 6 ސްކޫލްއަކާއެކު ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް މިއަހަރު އޮންނާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk