
ޖަޕާނުގެ ބޮޑުވަޒީރު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ރައީސް މަރުހަބާ ފޮނުއްވައިފި

ޝަހްޒާ މުޙައްމަދު - 20 ފެބްރުއަރީ 2026 - 12:41
ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަގާމަށް، ހަރ އެކްސެލެންސީ ސަނައޭ ތަކައިޗީ އަލުން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު މަރުހަބާ ފޮނުއްވައިފިއެވެ.
ޖަޕާނުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މަރުހަބާގެ ސިޓީފުޅުގައި، ޖަޕާނުގެ ގާނޫނު ހަދާ މަޖިލިސް (ނޭޝަނަލް ޑައިޓް) އިން ބޮޑު އަޣުލަބިއްޔަތަކުން އެކަމަނާގެ މަގާމު ކަށަވަރުކޮށްދިނުމަކީ، އެކަމަނާގެ ލީޑަޝިޕަށާއި ޖަޕާނުގެ މުސްތަގުބަލަށް ގެންގުޅުއްވާ ތަސައްވުރަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެއްކަން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން 2027 ވަނަ އަހަރު ފާހަގަކުރާއިރު، ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ޖަޕާނު ސަރުކާރުން ދެއްވަމުންދާ ދީލަތި އެހީތެރިކަން ދިވެހި ރައްޔިތުން އަބަދުވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، ބޮޑުވަޒީރުގެ އައު ދައުރުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ދެ ގައުމުން ގަބޫލުކުރާ އެއްގޮތް އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާހުރި މުހިންމު މަސައްކަތްތަކެއް ކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ ބޮޑުވަޒީރަށް ކާމިޔާބީއާއި ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ޖަޕާނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހައާއި، ކުރިއެރުމާއި ތަނަވަސްކަމަށް އެދިވަޑައިގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ކުރިއަށް އޮތީ ވަރަށް އުންމީދީ އިންތިހާބެއް، 80 ޕަސެންޓު ކާމިޔާބު ކުރާނަން: މިނިސްޓަރު އާދަމް ޝަރީފް
23 މިނިޓު ކުރިން
މިރޭ އިޙްޔާ ފޯރަމް ދިޔަމިގިލީގައި، ތަޤުރީރު ކުރައްވާނީ އައްޝައިޚް ޢާޒިމް ޚާލިދު!
6 ގަޑިއިރު ކުރިން

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މީހަކު ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން
.png&w=3840&q=75)
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)