logo

ކުރިއަށް އޮތީ ވަރަށް އުންމީދީ އިންތިހާބެއް، 80 ޕަސެންޓު ކާމިޔާބު ކުރާނަން: މިނިސްޓަރު އާދަމް ޝަރީފް

profile

އައިޝަތު އިނާޝާ - 20 ފެބްރުއަރީ 2026 - 19:43

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ ވަރަށް އުންމީދީ އިންތިހާބެއް ކަމަށާއި އެ އިންތިހާބު މި ސަރުކާރުން 80 ޕަސެންޓު ކާމިޔާބު ކުރާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރަމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު މިރޭ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ކޮންގްރެސް ޕާޓީގެ މާފަންނު އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ކޮންގްރެސް ޕާޓީ އެއް ދުވަހުން އަނެއް ދުވަހަށް ހަލުވި ދުވެލީގައި ކުރިއަށްދާ ކަން ފާހަގަ ކުރައްވާފައެވެ. މިނިސްޓަރުގެ ވާހަކައިގައި ގައުމެއް ބިނާ ކުރުމުގައި އަންހެނުންގެ ހިއްސާ ނުލާ ކުރިއަށް ދިއުމަކީ ދަތިކަމެއްކަން ފާހަގަކުރެއްވިއެވެ. ވިދާޅުވީ މިއަދު ގައުމު ބިނާ ކުރުމުގައި އަންހެނުން އިތުރު ވެގެންދަނީ ޝައްކެއް ނެތް ގޮތުގައި އެކަމުގެ މަގު ދައްކަން ބަޔަކު ތިބުމުން ކަމަށެވެ. މިނިސްޓަރުގެ ވާހަކައިގައި އަންހެނުން ބާރުވެރި ކުރުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ވަނީ ތައުރީފު ކުރައްވާފައެވެ. އަދި ކައުންސިލްތަކުގެ އިންތިހާބުގެ ކެންޕެއިންގައި އެކަމަނާގެ ބައިވެރިވުން ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ވާހަކައިގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ބޭނުންވާ ހުރިހާ ވަސީލަތެއް މިހާރު ވަނީ މާލެ ގެނެވިފައި ކަން ފާހަގަ ކުރަށްވަމުން ވިދާޅުވީ ލަސްތަކެއް ނުވެ އަތޮޅުތެރެއަށް އެތަކެތި ފޮނުވުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އަދި ފެންގެންދަނީ ކޮންގްރެސް ޕާޓީގެ ކެންޕެއިން ހަރަކާތްތައް މާލެ އާއި އަތޮޅުތެރޭގައި ފޯރިއާ ޖޯޝުގައި ކުރިއަށްދާ މަންޒަރުކަން ފާހަގަ ކުރަށްވާ މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތީ ވަރަށް ވެސް އުންމީދީ އިންތިހާބެއް ކަމަށެވެ. ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ސަރުކާރުން ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ 80 ޕަސެންޓުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk