
--
"އާ ރައީސް އިންޑިއާއި ގާތް ގުޅުމެއް ބާއްވާނެ ކަމަށް ގަބޫލުކުރެވޭ"

އަހުމަދު ޒަލީފު - 09 ނޮވެމްބަރު 2023 - 12:00
އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާއި ގާތްގުޅުމެއް ބާއްވާނެ ކަމަށް ގަބޫލުކުރެވޭކަމަށް އިންޑިއާގެ އެގްޒިމް ބޭންކުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ރަމޭޝް ވިދާޅުވެއްޖެއެވެ.
ރަމޭޝް މިހެން ވިދާޅުވީ އިންޑިއާގެ އިކޮނޮމިކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
މި އިންޓަވިއުގައި ރަމޭޝް ވިދާޅުވީ ސަރުކާރު ބަދަލުވީ ނަމަވެސް އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގެ ދަށުން ހިންގަމުން އަންނަ މަޝްރޫއުތަކަށް އެއްވެސް ބަދަލެއް އަންނާނެކަމަށް ގަބޫލު ނުކުރެވޭނެކަމަށެވެ. އަދި އައު ސަރުކާރުގެ ނިންމަވާނީ ރަނގަޅު ނިންމެވުންތަކެއްކަމަށާއި، ނިންމެވުންތައް ނިންމަވާނީ ގައުމުގެ ތަރައްގީ އިސްކޮގެންކަމަށް ވިދާޅުވިއެވެ. އެ އުއްމީދު ބޮޑީ މިހާރު ހުރި މަޝްރޫއުތައް ކުރިއަށްދާ ގޮތުގެ ސަބަބުންކަމަށް ވިދާޅުވިއެވެ.
އެހެންވީމާ މިވަގުތު އަޅުގަނޑުގެ ވަކި ކަންބޮޑުވުމެއް ނެތް އެގޮތަށް ފާހަގަކުރަން.
އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނައިރު އޭގެ ތެރޭގައި ހަނިމާދޫ އާއި އައްޑޫ އެއާޕޯޓު ތަރައްގީކުރުމާއި، ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ނަމުގައި ހަދާ ތިލަމާލެ ބްރިޖު މަޝްރޫއާއި ގުޅީފަޅުގެ ބަނދަރު ތަރައްގީކުރުން ހިމެނެއެވެ. މި މަޝްރޫއުތަކަށް އެގްޒިމް ބޭންކުން ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރު ފަންޑުކުރެއެވެ.
ރިޔާސީ އިންތިހާބަށް ކުރެއްވި ކެމްޕެއިންގައި ޑރ މުއިއްޒު ވަނީ މި ސަރުކާރުން އިންޑިއާ ދެމެދު ބާއްވާފައިވާ ގުޅުން އޮތީ ހުދޫދުން ބޭރުގައިކަމަށް ވިދާޅުވެފައެވެ. އަދި އިންޑިއާއާއިއެކު ވެފައިވާ ބައެއް އެއްބަސްވުންތައްވެސް ހުރީ މި މަގުންކަމަށް ފާހަގަކޮށް، އެފަދަ އެއްބަސްވުންތައް ދިރާސާކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ގޯހެއް ހުރެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ ޑރ މުއިއްޒުގެ ވައުދެކެވެ.
ގުޅުން ހުރި ޙަބަރުތައް
ސަރުކާރުން ޓީ-ބިލަށް ފައިސާ ދެއްކުމާއި ބޭންކާ އެއްވެސް ގުޅުމެއް ނެތް: ބީއެމްއެލް
4 ގަޑިއިރު ކުރިން

ބީއެމްއެލްއިން ޑޮލަރު ވިއްކައިގެން ރާއްޖެއިން ބޭރުވާ މިންވަރު %33.33 އިތުރުވެ، މަހެއްގެ މައްޗަށް 81.6 މިލިއަން ޑޮލަރު!
4 ގަޑިއިރު ކުރިން

އިސްލާމިކް ރިފައިނޭންސިންގ އޯޕަންޑޭ ކާމިޔާބުކަމާއެކު ނިންމާލައިފި
4 ގަޑިއިރު ކުރިން

އަތޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކުގެ ހިންގުން ހަރުދަނާކުރުމަށް ޚާއްޞަ އޮރިއެންޓޭޝަން ޕްރޮގްރާމެއް!
5 ގަޑިއިރު ކުރިން


