
134 ފުޅި ބަނގުރަލާއި އެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 07 ޖެނުއަރީ 2026 - 11:45
134 ފުޅި ބަނގުރަލާއި އެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖެވެލް ހޮސެން އެވެ.
މީނާ ހައްޔަރުކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ.
ހުޅުމާލޭ ބަނދަރު ސަރަހައްދުން އޭނާ ދުއްވި ވޭން، ހުއްޓުވައި ބަލައިފާސްކުރިއިރު 134 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.





