
ފޮޓޯ: ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ް "ޕެނަލްޓީ ޓު ޕެރަޑައިސް"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް

އައިޝަތު އިބްރާހިމް - 06 އޮކްޓޯބަރު 2025 - 11:39
ވިޒިޓް މޯލްޑިވްސްކޯޕަރޭޝަން (ވީއެމްސީ)އާއި ލިވަޕޫލް ފުޓްބޯލްކްލަބް (އެލްއެފްސީ)ގުޅިގެން "ޕެނަލްޓީޓުޕެރަޑައިސް"ގެނަމުގައި ކެމްޕޭނެއްފަށައިފިއެވެ.
މިއީ ދުނިޔޭގެ އެންމެ މަޤުބޫލު އެއް ފުޓުބޯޅަ ލީގުކަމަށްވާ އިނގެރޭސިޕްރިމިއަރ ލީގުމެދުވެރިކޮށް، ރާޢްޖޭގެ ފަތުރުވެރިކަމަށް އޮތް ސަމާލުކަމާއި މަގުބޫލުކަން އިތުރުކޮށް އިޝްތިހާރު ކުރުމަށް ފެށިކެމްޕޭނެއް ކަމުގައިވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މިކެމްޕޭން ކުރިއަށް ގެންދާނީ ލިވަޕޫލް ފުޓުބޯޅަ ކްލަބުގެ އެލްއެފްސީ މެމްބަރުންގެ މެދުގައި ބާއްވާ ޕެނަލްޓީ މުބާރާތެއްގެގޮތުގައި ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފައިވެއެވެ. މި މުބާރާތުގެ ފައިނަލް ކޮންޓެސްޓަންޓަށްދޭ އެންމެ އަގުހުރި އިނާމުގެ ގޮތުގައިކަނޑައަޅާފައި ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެދަތުރެއްކަމުގައިވެސް ބުނެފައިވެއެވެ.
މިކެމްޕޭނުގައި ބައިވެރިވުން އިތުރުކުރުމަށް މައިގަނޑު މުބާރާތުގެ އިތުރުން ސައިޑްޗެލެންޖުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި ކަމަށްވެސް ބުނެފައިވެއެވެ. މި ޗެލެންޖުތަކުގައި ވެސް އިނާމުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ރާއްޖެއާ ގުޅުންހުރި، ތަފާތު ތަޖުރިބާތައް ހިމެނޭނެކަ ންތައްތަކެވެ.
މިކެމްޕޭން ކުރިއަށް ގެންދާނީ އޮކްޓޯބަރު 2025ން ޖަނަވަރީ 2026ގެނިޔަލަށް ކަމަށްވެސް ވީއެމްސީން ވަނީ ބުނެފައެވެ.
މިކެމްޕެއިންގެ ތެރެއިން އެލްއެފްސީގެ ކުޅުންތެރިންނާއި ބައްދަލު ކޮށްލުމުގެ ފުރުސަތު ބައިވެރިންނަށް ހުޅުވާލުމަށް ނިންމާފައިވާއިރު، މިމުބާރާތުގެ ބިހައިންޑް ދަސީން އާއި އެހެނިހެން ގުޅުންހުރި ކޮންޓެންޓުތައް އެލްއެފްސީގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުންނާއި، ވެބްސައިޓުންފެންނާނެ ކަމުގައި ވީއެމްސީން ވަނީ ބުނެފައެވެ.
މިކެމްޕޭނަކީ ކުޅިވަރުގެ ފޯރިއާއެކު ރާއްޖޭގެ ތަފާތުކަމާއި، ރާއްޖެއާ ގުޅުންހުރި އެތައްކަމެއް ބައިނަލްއަގުވާމީ ދުނިޔެއަށް ދައްކުވައި ދިނުމަށް ކުރިއަށް ގެންދެވޭނެ މުހިންމު ކެމްޕޭނެކެވެ. ހާއްސަކޮށް މިކެމްޕޭނާއެކު އިނގިރޭސިވިލާތުގައި ތިބި އެލްއެފްސީގެ ފޭނުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިނގިރޭސިވިލާތުގެ މާކެޓް އިތުރަށްފުޅާ ވެގެންދާނެ ކަމަށް ވިޒިޓްމޯލްޑިވްސް ކޯޕަރޭޝަނުގެސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
މިކެމްޕޭނަކީމާޗް 2025ގައި ލިވަރޕޫޕް ފުޓުބޯޅަ ކްލަބާއިއެކު ރާއްޖެއިން ގާއިމްކުރި ޕާރޓްނާޝިޕްގެ ދަށުން ކުރިއަށްގެންދާ ހާއްސަހަރަކާތެއް ކަމުގައިވެސް ވީއެމްސީން ވަނީ ބުނެފައެވެ.
އެލްއެފްސީއާއެކު ޕާރޓްނާޝިޕްގާއިމްކޮށްފައިވާ މި މުއްދަތުގައިރާއްޖޭގެފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މިފަދަ އެތައް ކަމެއް ވިޒިޓްމޯލްވްސް ކޯޕަރޭޝަނުން ރާވައި ހިންގާނެ ކަމުގައިވެސް ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރުން އީރާނާއެކު ސިޔާސީ ގުޅުން ޤާއިމު ކުރުމަށް ނިންމައިފި
3 އަހަރު ކުރިން

ރާއްޖެ މިދަނީ އިޤްތިޞާދީ ބޮޑު ކާރިސާއަކާ ދިމާލަށް - އަމްރު
2 އަހަރު ކުރިން

އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު!
2 އަހަރު ކުރިން

ރާއްޖެއަށް ގެންނަ އިގްތިސާދީ އިސްލާހި އެޖެންޑާއަށް އިތުބާރު އެބައޮތް: އައިއެމްއެފް
2 އަހަރު ކުރިން