logo

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ޗައިނާއަށް

profile

އައިޝަތު އިބްރާހިމް - 08 ޖުލައި 2025 - 06:39

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

https://wamco.com.mv/

ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗައިނާގެ ޝެންޑޮންގް ޕްރޮވިންސްއަށް އެމަނިކުފާނު ފުރާވަޑައިގެންފައިވާ ކަމަށެވެ.

އެ ޕްރޮވިންސްއަށް އެމަނިކުފާނު ވަޑައިގަންނަވަނީ ރާއްޖޭގެ ފަރާތުން ނީޝަން ފޯރަމް އޮން ވޯލްޑް ސިވިލައިޒޭޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ކަމަށް ވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

View post on Twitter

ނައިބު ރައީސް ވިދާޅުވެފައިވަނީ، އެ ފޯރަމްގައި ޝެންޑޮންގް ޕްރޮވިންސްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި އެކި މަޝްވަރާތައް ކުރައްވާނެ ކަމަށެވެ. އަދި ގުޅުން ބަދަހިކުރައްވާނެ ކަމަށެވެ.

ނީޝަން ފޯރަމް އޮން ވޯލްޑް ސިވިލައިޒޭޝަން ފޯރަމް އޮންނާނީ މިމަހުގެ 9 އިން 10 ވަނަ ދުވަހަށެވެ.

11 ވަނަ ނީޝަން ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޗޫފޫ ސިޓީގެ ޝެންޑޮންގް ޕްރޮވިންސްގައެވެ.

https://wamco.com.mv/
https://www.aslu.com.mv