logo

ޝައިޚް އިބްރާހިމް ފަރީދު ވަކިވެގެންދިއުމަކީ އިސްލާމީ ޚިދުމަތަށް ލިބުނު ދެރައެއް: މިނިސްޓަރ

profile

އައިޝަތު އިބްރާހިމް - 10 ޖޫން 2025 - 13:36

ދިވެހިރާއްޖޭގެ ދީނީ ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަތް އިސް ޢިލްމުވެރިއެއްކަމަށްވާ ފަޟީލަތުއްޝައިޚް އިބްރާހިމް ފަރީދު އަވަހާރަވުމަކީ ރާއްޖޭގެ އިސްލާމީ ޚިދުމަތަށް ލިބުނު ވަރަށް ބޮޑު ދެރައެއްކަމަށް އިސްލާމިކް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޝައިޚް އިބްރާޙިމް ފަރީދު އަވަހާރަވެފައިވަނީ ރޭ މެލޭޝިއާގައެވެ. ޝައިޚު ފަރީދު އަވަހާރުވުމާ ގުޅިގެން ތަޢުޒިޔާވިދާޅުވަމުން މިނިސްޓަރ ވިދާޅުވީ، ޝައިޚު ފަރީދަކީ ޚިދުމަތްތެރި ޝަޚުސިއްޔަތެއްކަމަށާއި ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެއްކަމަށެވެ.

މީގެ އިތުރަށް ޝައިޚު ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވޭ އުސްތާޒެއްކަމަށާއި ގާތްކަން ބާއްވަވައި ބައްދަލުވެވަޑައިގަންނަވާ ކޮންމެ ފަހަރަކުމެ ހެޔޮ ނަސޭހަތްދެއްވެވި ބޭފުޅެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދަކީ، ޚުލްޤު ހެޔޮ، އަޅުވެރިއެއް ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ، ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއްނެތް ކަމަށެވެ.

ޝައިޚު ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދަވަން އާއިލާއިން ނިންމާފައިވާތީވެ، ހުކުރު ދުވަހުގެކުރިން މެލޭޝިޔާގައި ވަޅުލައިފި ނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަށް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

މީޑިއާއި ހިއްސާކުރެއްވި މެސެޖްގައި މިނިސްޓަރ ވިދާޅުވީ، ޖަނާޒާގެ ކަންކަން ކުރިއަށްދާ ގޮތް އާއްމުންނަށް އަންގަމުން ގެންދަވާނެކަމަށެވެ.

މީގެ އިތުރުން ޝައިޚް ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވޭ އުސްތާޛެއްކަމަށާއި ގާތްކަން ބޭއްވެވި އަދި ބައްދަލުވާ ކޮންމެ ފަހަރަކުމެ ހެޔޮ ނަސޭހަތްދެއްވެވި ބޭފުޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަޟީލަތުއްޝައިޚު އިބްރާހިމް ފަރީދު އަވަހާރަވުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. މިނިސްޓްރީގެ ބަޔާނުގައި ވަނީ " ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަވަހާރަވުމަކީ އިސްލާމީ ދަޢުވަތަށް ލިބުުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، ޝައިޚު އިބްރާހީމް ފަރީދަކީ އިސްލާމީ ދަޢުވަތުގެ މައިދާނުގައި ފާހަގަކޮށްލެވިފައިވާ ޢިލްމުވެރިއެއް ކަމަށެވެ. ނުހަނު ޚިދުމަތްތެރި ހިތްވަރު ގަދަ ޝަޚްޞިއްޔަތެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ދަޢުވަތުގެ މައިދާނުގައި ވަރަށް ބޮޑު ޤުރުބާނީތަކެއް ވެވަޑައިގަތް ބޭފުޅެއްކަމަށް ވަނީ ބުނެފައެވެ.

ޝައިހް އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ ބޭފުޅުންނާއި ދީނީ އިލްމުވެރިންނާއި އަދި ވަރަށް ގިނަ އާންމުންވެސް ވަނީ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay