logo
އޮލިސޭ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

އޮލިސޭ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

އޮލިސޭގެ ދެލަނޑާއެކު ރަށުން ބޭރުގައި އެޓަލާންޓާ އަތުން ބަޔާން މިޔުނިކަށް ފަސޭހަ މޮޅެއް

profile

ހަސަން ޝަމްއޫން - 11 މާރިޗު 2026 - 02:53

ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ފަސޭހަކަމާއެކު 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން އިޓަލީގެ އެޓަލާންޓާ ބަލިކޮށް ޖަރުމަނު ބަޔާން މިޔުނިކުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

https://wamco.com.mv/

މުބާރާތުގެ ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައި ބަޔާން މިޔުނިކް ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދިއިރު. އެޓަލާންޓާ އިން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ޕްލޭއޮފްގައި ޖަރުމަނުގެ ބޮރޫޝިއާ ޑޮޓްމަންޑް 3-4 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

އެޓަލާންޓާގެ ނިއު ބެލެންސް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށްކުޅެ ބަޔާން މިޔުނިކުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެެގެންނެވެ. އަދި ދެވަނަ ހާފުގައި ބަޔާން މިޔުނިކުން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެޓަލާންޓާ އިން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ބަޔާން މިޔުނިކްގެ ފުރާންސް ފޯވާޑް މައިކަލް އޮލިސޭ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ޖަމާލް މުސިއާލާ، ނިކޮލަސް ޖެކްސަން، ސާޖް ގްނެބްރީ އަދި ޖޯސެޕް ސްޓެނިސިކް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި އެޓަލާންޓާގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ މިޑްފިލްޑަރު މާރިއޯ ޕަސަލިކް ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަޔާން މިޔުނިކްގެ މައިކަލް އޮލިސޭ އެވެ.

މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ބަޔާންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1:00 ގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk