
ހުޅުމާލޭގައި މަދިރިއާލާވާ ގޮތަށް ހުރި 300 އަށްވުރެ ގިނަ ތަންތަން ނައްތާލައިފި

އާމިނަތު ޝަޒްލާ - 01 އޯގަސްޓު 2026 - 17:50
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން، ހުޅުމާލޭގައި މަދިރި އާލާވާ ގޮތަށް ހުރި 300 އަށްވުރެ ގިނަ ތަންތަން މިއަދު ނައްތާލައިފިއެވެ.
މިއަދު ހެނދުނު ފެށި މި ޕްރޮގްރާމަކީ މި ކެމްޕޭނުގެ ދަށުން މިއަހަރު ކުރިއަށްގެންދިޔަ ފުރަތަމަ ސާފުކުރުމުގެ ހަރަކާތެވެ. މިއަދުގެ ހަރަކާތުގައި ހުޅުމާލޭގެ 155 ވަނަ ފްލެޓާއި 163 ވަނަ ފްލެޓާ ދެމެދު އޮތް ސަރަހައްދު ވަނީ އެއްކޮށް ސާފުކޮށްފައެވެ.
މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް މުޙައްމަދާއި، އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން، މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އާއި މުޖުތަމައުގެ ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. ޖުމްލަ 150 އެއްހާ މީހުން މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވިކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ، ޕްރޮގްރާމްގެ ފުރަތަމަ ދުވަހު ކުރެވުނު މަސައްކަތުން އެކަނިވެސް މަދިރި އާލާވާން ހުރި 300 އަށްވުރެ ގިނަ ތަންތަން ފާހަގަކުރެވި، އެ ތަންތަން ނައްތާލާފައިވާ ކަމަށެވެ. މީގެ އިތުރުން، ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
މި ކެމްޕޭނަކީ މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމުގެ ޒިންމާ އާންމުންގެ ކިބައިގައި އަށަގެންނެވުމުގެ މަގްސަދުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން ބަލިމަޑުކަމުން ރައްކާތެރިވެ، ސާފުތާހިރު މާހައުލެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސިފައިންގެ 73ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި
3 ގަޑިއިރު ކުރިން

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު މަސް ބޭރުކުރި މިންވަރު 62 އިންސައްތަ ދަށްވެއްޖެ
8 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން

ފިލްމު "ރޫޙް" އާއެކު އިމްރާން ހާޝްމީ އަނެއްކާވެސް ބިރުވެރި ފިލްމަކަށް!
9 ގަޑިއިރު ކުރިން


.gif&w=3840&q=75)