logo

ބޮޑުތަކުރުފާނު މަގުފުޅާކުރުން: ރޯދައިގެ ކުރިން ބާޒާރުމަތީ މަގު ނިންމަނީ

profile

ޝަހްޒާ މުޙައްމަދު - 13 ފެބްރުއަރީ 2026 - 09:07

މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް، ރަމަޟާންމަހުގެ ކުރިން ނިންމާ އާންމުންނަށް ހުޅުވާލަނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ނިންމައި، ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

https://wamco.com.mv/

މިމަހުގެ 18 ވަނަ ދުވަހު ރޯދަމަސް ފެށޭ އިރު، ބާޒާރުމަތީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާ، އާންމުންނަށް ހުޅުވާލެވޭނެކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އަދި މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ، މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތާއި މަގު ބައްތި ޖެހުމުގެ މަސައްކަތްތައް ކަމަށް އެކުުންފުނިން ބުންޏެވެ.

މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެމަގު ފުޅާކުރުމަށް ފަޅުތެރެ ހިއްކައިގެން 6 މީޓަރުގެ ސަރަހައްދެއް ވަނީ މަގަށް އިތުރުކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk