
ބީއެންޕީ އަށް ރައީސް މުއިއްޒު މަރުހަބާ ދަންނަވައިފި

މުޙައްމަދު ފަޟްލޫން - 13 ފެބްރުއަރީ 2026 - 11:41
ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ހޯދި ކާމިޔާބީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގެ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި، އެ ޕާޓީގެ ލީޑަރު ތާރިޤު ރަޙްމާނަށް އިންތިޚާބީ ކާމިޔާބީއަށްޓަކައި ތަހުނިޔާ ވިދާޅުވެފައިވެއެވެ. ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙްމަތްތެރިކަމާއި ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގައި ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ފުޅާވެ، ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ބަންގްލަދޭޝްގެ އިންތިޚާބާ ބެހޭ ކޮމިޝަނުން ހާމަކޮށްފައިވާ ރަސްމީ ނަތީޖާތައް ދައްކާގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން ބީއެންޕީއާއި އެ ޕާޓީއާ ގުޅިފައިވާ އިއްތިޙާދުން ވަނީ މަދުވެގެން 212 ގޮނޑި ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން، އިދިކޮޅު ޖަމާޢަތު-އިސްލާމީން ވަނީ އެ ޕާޓީގެ ތާރީޚުގައި ވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށް، މަޖިލީހުގެ 77 ގޮނޑި ހޯދާފައެވެ.
2013 ވަނަ އަހަރު މަނާކުރެވުނު ޖަމާޢަތު އިސްލާމީއަށް މި އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ލިބުނީ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަން ނިމުމަކަށް އައުމާ ގުޅިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބަނގުލަދޭޝްގެ އިންތިހާބު ބީ އެން ޕީން ކާމިޔާބުކޮށްފި
ގަޑިއިރެއް ކުރިން

2 ޑްރެޖަރާއެކު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފި
2 ގަޑިއިރު ކުރިން

ރާއްޖެއިން ބޫޓާނަށް ކަނޑައަޅުއްވާފައިވާ ސަފީރު، އެ ޤައުމުގެ ރަސްގެފާނަށް ފަތްކޮޅުއަރުވައިފި
3 ގަޑިއިރު ކުރިން

ޚުތުބާ: ގަސްތުގައި ރޯދައެއް ދޫކުރުމަކީ ބޮޑު ފާފައެއް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)