
2 ޑްރެޖަރާއެކު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފި

އައިޝަތު އިނާޝާ - 13 ފެބްރުއަރީ 2026 - 13:35
އެއްފަހަރާ 2 ޑްރެޖަރާއިއެކު ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ.
ބިން ހިއްކުމުގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައެވެ. އެގޮތުން ދެން އެންމެ އަވަހަށް ބިން ހިއްކުން ފެށިގެންދާނީ ގިރާވަރުފަޅުގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ގިރާވަރު ފަޅު ހިއްކުމުގެ އީއައިއޭ ރިޕޯޓުގައި ވާގޮތުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާއިރު ގިރާވަރުފަޅުން 4،072 ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.
ގިރާވަރުފަޅުން ޖުމުލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ބިމުގެ ސަރަޙައްދުތަކަށް ބަދަލު އަންނާނެތީ، އައު ލޮޓް ނަންބަރުތައް ކަނޑައެޅުމަށް އަލުން ގުރުނެގުން މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޖުމްލަ 4 ސައިޒެއްގެ 4072 ގޯތި ގިރާވަރުފަޅުން ދޫކުރުމަށް ވަނީ ނިންމާފައެވެ.
ގިރާވަރުފަޅުން ދޫކުރަން ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ގޯތީގެ ބޮޑުމިންތަކަށް ބަލާއިރު :
2450 އަކަފޫޓުގެ 1 ގޯތި
2050 އަކަފޫޓޫގެ 254 ގޯތި
1250 އަކަފޫޓުގެ 2603 ގޯތި
1650 އަކަފޫޓުގެ 1214 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެންޕީ އަށް ރައީސް މުއިއްޒު މަރުހަބާ ދަންނަވައިފި
5 ގަޑިއިރު ކުރިން

ރާއްޖެއިން ބޫޓާނަށް ކަނޑައަޅުއްވާފައިވާ ސަފީރު، އެ ޤައުމުގެ ރަސްގެފާނަށް ފަތްކޮޅުއަރުވައިފި
5 ގަޑިއިރު ކުރިން

ޚުތުބާ: ގަސްތުގައި ރޯދައެއް ދޫކުރުމަކީ ބޮޑު ފާފައެއް
8 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގުފުޅާކުރުން: ރޯދައިގެ ކުރިން ބާޒާރުމަތީ މަގު ނިންމަނީ
8 ގަޑިއިރު ކުރިން


.gif&w=3840&q=75)