
މާލޭ ތޮށިގަނޑު މަރާމާތުކުރަން ޖަޕާނު ކުންފުންޏަކާ ހަވާލުކޮށްފި

ޝަހްޒާ މުޙައްމަދު - 13 ފެބްރުއަރީ 2026 - 09:06
މާލޭގެ އިރުމައްޗާއި އުތުރު ތޮށިގަނޑު މަރާމާތުކުރަން ޖަޕާނާއި ރާއްޖެއާ ދެމެދު 70 މިލިއަން ރުފިޔާގެ ކޮންޓްރެކްޓެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފައިވާގޮތުން، ތޮށިގަނޑު އަލުން ހެދުމުގެ މަސައްކަތް ކުރާނީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުންނެވެ.
އެ މަސައްކަތާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްއެވެ.
އެ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޠަޢާމު މުޙައްމަދެވެ. އަދި ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު، އިޒާވާ ކަން އެވެ.
އެ މަސައްކަތުގެ ކޮންސަލްޓަންޓަކީ އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑެވެ. އަދި ކޮންޓްރެކްޓް އަގު 70 މިލިއަން ރުފިޔާ އަށް އަރައެވެ.
އެ ކޮންޓްރެކްޓް ހަދައިފައިވަނީ، 487 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ރާއްޖޭގެ ރަށްތައް ހިމާޔަތް ކުރަން ޖަޕާނުން މީގެ ކުރިން ވެސް ބޮޑެތި އެހީތައް ފޯރުކޮށްދީފައިވެއެވެ. އެގޮތުން މާލޭގެ ބޭރު ތޮށި މަރާމާތުކުރަން ޖަޕާން ސަރުކާރުން 140،000 ޑޮލަރުގެ ހިލޭ އެހީ ދޭން މިދިޔަ ސެޕްޓެންބަރު މަހު ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެންޕީ އަށް ރައީސް މުއިއްޒު މަރުހަބާ ދަންނަވައިފި
2 ގަޑިއިރު ކުރިން

ރާއްޖެއިން ބޫޓާނަށް ކަނޑައަޅުއްވާފައިވާ ސަފީރު، އެ ޤައުމުގެ ރަސްގެފާނަށް ފަތްކޮޅުއަރުވައިފި
2 ގަޑިއިރު ކުރިން

ޚުތުބާ: ގަސްތުގައި ރޯދައެއް ދޫކުރުމަކީ ބޮޑު ފާފައެއް
4 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގުފުޅާކުރުން: ރޯދައިގެ ކުރިން ބާޒާރުމަތީ މަގު ނިންމަނީ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)