logo

މުދާ ޝިޕްމަންޓަކުން ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގަނެފި

profile

މުޙައްމަދު ފަޟްލޫން - 10 ޑިސެމްބަރު 2025 - 10:38

ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމަންޓަކުން ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގަނެފިއެވެ.

https://wamco.com.mv/

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ޤަވާއިދާ ޚިލާފް ތަކެތި ހުރެދާނެ ކަމަށް ފާހަގަކުރެވިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ވޭޕް ކާޓްރިޖްތައް އަތުލައިގަނެފައިވަނީ މާލޭ ކޮމާޝަލް ހާބަރ ގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

މިއޮޕަރޭޝަންގައި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށާއި މިގޮތުން ޖުމްލަ 10800 (ދިހަހާސް އައްސަތޭކަ) ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

މި ވޭޕް ކާޓްރިޖުގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ.

މިއީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރަން ސަރުކާރުން ނިންމި ތާރީޚުގެ ފަހުން ކަސްޓަމްސް އިން ހިފެހެއްޓި އެންމެ ބޮޑު ސިޕްމެންޓެވެ.

މަސްތުވާތަކެއްޗާ އަދި ވޭޕް ކުރަން ބޭނުންކުރާ ސާމާނުތަކާއި ރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވާ ދިވެހި މުޖުތަމަޢަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކަސްޓަމްސް އިން ގިނަ މަސައްކަތަކެއް ކުރަމުން އަންނަ އިރު ކަސްޓަމްސް އިން ވަނީ މި މަސައްކަތްތަކަށް އާންމު ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެދިފައެވެ.

ރާއްޖޭގެ ވޭޕްގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

މިހާތަނަށް ކަސްޓަމްސް އިން ގިނަ އަދަދެއްގެ ވޭޕް ކުރާ ތަކެތި ހިފަހައްޓާފައިވާއިރު އެ ހުރިހާ މައްސަލަތަކެއްވެސް ދަނީ ތަހުގީގް ކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay