logo

ޑެޕިއުޓީ މިނިސްޓަރު އަންސަރުގެ ތާއީދު ރައީސް ނަޝީދަށް!

profile

އަހުމަދު ޔައީޝް - 24 ޖެނުއަރީ 2023 - 15:33

އަންސަރު އަބްދުއްސައްތާރު ރައީސް ނަޝީދާއެކު —

އަންސަރު އަބްދުއްސައްތާރު ރައީސް ނަޝީދާއެކު —

ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު އަންސަރު އަބްދުއް ސައްތާރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ދަތުރުތަކުގެ ފަހު މަންޒިލެއްގެ ގޮތުގައި ރައީސް ނަޝީދު އިއްޔެ ހަވީރު ވަނީ އައްޑޫއަށް ވަޑައިގެންފައެވެ.

ރައީސް ނަޝީދު އައްޑޫއަށް ވަޑައިގެން ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދެވިއިރު، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޗު އަންސަރު އަބްދުއްސައްޔާރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަންސަރު ރައީސް ނަޝީދާއެކު އިއްޔެ ކެމްޕޭނުގައި ހަރަކާތްތެރިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އަންސަރުގެ އިތުރުން ކުރީގެ ބަންޑާރަނައިބު އަދި އެމްޑީޕީގެ ފުރަތަމަ ރައީސް ޑރ.މުހައްމަދު މުނައްވަރު އާއި ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދުގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް އަފްޝަން ލަޠީފު ބައިވެރިވެވަޑައިގަންނަވައެވެ.

އެމްޑީޕޫގެ ޕްރައިމަރީގެ ރައީސް ނަޝީދު ކެމްޕޭނު ނިއްމުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ، 26 ޖަނަވަރީ 2023 ވަނަ ދުވަހުގެ ރޭ 20:30ގައި އާޓިފިޝަލް ބީޗުގައެވެ.

ޕްރައިމަރީގެ ވާދަވެރި ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ނިއްމުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ، އައްޑޫ ސިޓީގައެވެ.


https://wamco.com.mv/
tel:+9607331319