logo

ފަރުވާގެ ނިޒާމަށް ކްލައިންޓުން ވެއްދުމުގެ މަރުޙަލާ އަވަސްކުރުމަށް މަޝްވަރާކޮށްފި

profile

ހުސައިން އަހުމަދު - 18 ފެބްރުއަރީ 2025 - 16:22

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ފަރުވާގެ ނިޒާމަށް ކްލައިންޓުން ވެއްދުމުގެ މަރުޙަލާ އަވަސްކުރުމަށްޓަކައި، ކަމާގުޅޭ އިޖުރާއަތުތައް ހަލުވިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

https://wamco.com.mv/

މި މަޝްވަރާތައްކޮށްފައި ވަނީ މިއަދު ބޭއްވި އެންޑީއޭގެ ބޯޑުގެ 28ވަނަ ބައްދަލުވުމުގައެވެ.

އެންޑީއޭއިން ބުނީ ގޮތުގައި ބޯޑުގެ 28ވަނަ ބައްދަލުވުމުގައި ވަނީ ދިވެހިރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާތަކުގެ ތެރެއިން މިދާއިރާގައި މަސައްކަތް ކުރަމުންދާ ޖަމްޢިއްޔާތަށް ބާރުވެރިކުރުވުމާއި، އެފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން އިތުރުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން، މުރާޖަޢާ ކޮމިޓީން މައްސަލަތައް ނިންމުމުގެ މަރުޙަލާ އަވަސްކުރުމަށްވެސް މި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށާއި މި ބައްދަލުވުމުގައި ނިންމުނު ކަންތައްތަކުގެ ސަބަބުން، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ފަރުވާގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް އެންޑީއޭ އިން ބުންޏެވެ.

undefined

އަދި މީގެ އިތުރުން ފަރުވާ ފުރިހަމަނުކުރާ ފަރާތްތަކަށް ފިޔަވަޅުއަޅާ އެކަން ތަންފީޒު ކުރުމަށް މުރާޖަޢާ ކޮމިޓީއަށް ވަނީ އަންގާފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް މި ވަގުތު އެންޑީއޭއިން ކުރަމުން އަންނައިރު އެ އެޖެންސީ އާއި ފުލުހުންނާ ގުޅިގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގައި، މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް މިހާރު ވަނީ ވައްދާފައެވެ.

މި ޕްރޮގްރާމްގެ ދަށުން ރިހެބިލިޓޭޝަން ފަރުވާ ޢަމާޒުކުރަނީ، މަސްތުގެ ޙާލަތުގައި މުޖުތަމަޢުގެ ތެރޭގައި އުޅޭ މީހުންނަށެވެ. އެގޮތުން މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ، މަގުމަތިވެފައިވާ މީހުން ފަރުވާ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދަނީ ދެމުންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay