
"އޭއެސްޔޫ، ޖީއެސްވީ ސަމިޓް"ގައި ރާއްޖެއިން ބައިވެރިވެއްޖެ

އައިޝަތު އިނާޝާ - 04 ފެބްރުއަރީ 2025 - 07:50
ދުނިޔޭގެ އެކި ކަންކޮޅުތަކުން ތައުލީމާއި ޓެކްނޮލޮޖީ ފަދަ އެކި ދާއިރާތަކުން ކުރިއަރާފައިވާ 600 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވާ އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީ (އޭއެސްޔޫ) އަދި ގްލޯބަލް ސިލިކޯން ވެލީ (ޖީއެސްވީ)ގެ "އޭއެސްޔޫ ޖީއެސްވީ އެންޑް އެމެރީޓަސް ސައިޓް" ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ސަމިޓްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ހަޔރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޝަފީއެވެ.
މި މަހުގެ 3 ކުން 5 ކަށް އިންޑިޔާގެ ނިއު ދިއްލީގައި، ކުރިއަށްދިޔުމަށް ހަމަޖެހިފައިވާ މި ސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޢުލީމީ ގޮތުންނާއި ޓެކްނޮލޮޖީ ފަދަ އެކި ދާއިރާތަކުން ކުރިއަރާފައިވާ ޖުމްލަ 650 ބޭފުޅުން ބައިވެރިވުމަށް ހަމަޖެހިފައިވާ ސަމިޓެކެވެ. އެގޮތުން، ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރު ބޭފުޅުން ބައިވެރިވެ، ދުނިޔޭގެ މަސައްކަތްތެރިކަމާއި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީން ބުނިގޮތުގައި މިފަދަ ސަމިޓްތަކުގައި ބައިވެރިވުމުގެ މަޤްސަދަކީ ބޭރުގެ އެކި ޤައުމުތަކުގެ ޢިލްމީ ބޭފުޅުނާއި ގުޅުން ބަދަހިކޮށް، މަޝްވަރާކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމަށް ކުރިއެރުން ހޯދައިދިނުމަށް ގުޅިގެން މަސައްކަތްކުރުމެވެ.
ގުޅުން ހުރި ޙަބަރުތައް

އިންތިހާބުތަކާއި ގުޅޭ ކަންބޮޑުވުން އެމްޑީޕީ އިން އީސީ އާއި ހިއްސާކޮށްފި
6 ގަޑިއިރު ކުރިން

މޯލްޑވިއަނުން ބަންގްލަދޭޝްއަށް ދަތުރުތައް ފަށައިފި
6 ގަޑިއިރު ކުރިން

ތެޔޮ ލިބުމުގައި ތާށިކަމެއް ނެތް، ރައީސްގެ އަމާޒަކީ ތެލުގެ އަގުބޮޑުވިޔަ ނުދިނުން: ވަޒީރު ޒަމީރު
8 ގަޑިއިރު ކުރިން

ލޯނާއި އިންޓްރަސްޓަށް 1 ބިލިއަން ރުފިޔާ ދައްކައިފި
10 ގަޑިއިރު ކުރިން


.gif&w=3840&q=75)