
އާރުޓީއެލް ބަސް / ފޮޓޯ: އެމްޓީސީސީ
މިއަދުން ފެށިގެން އޮކްޓޫބަރު 13 ވަނަ ދުވަހާއި ހަމައަށް ޖުމްހޫރީ މައިދާން ބަސްހުއްޓިއަށް ބަސްތައް މަޑެއްނުކުރާނެ

އައިޝަތު އިބްރާހިމް - 18 އޯގަސްޓު 2025 - 14:22
މިއަދުން ފެށިގެން އޮކްޓޫބަރުމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ޖުމްހޫރީ މައިދާން ބަސްހުއްޓިއަށް އެމްޓީސީސީގެ ބަސްތައް މަޑުނުކުރާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިކަން ހާމަކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ)ން ބުނީ ބޮޑުތަކުރުފާނު މަގުގެ އެމްއެމްއޭ ސަރަހައްދުން ފެށިގެން އިއްޒުއްދީން ޖެޓީއާއި ހަމައަށް އޮންނަ މަގު ބަންދުކުރުމާއި ގުޅިގެން 18 އޯގަސްޓް 2025 އިން ފެށިގެން 13 އޮކްޓޯބަރ 2025 ގެ ނިޔަލަށް ކުންފުނިން ފޯރުކޮށްދެމުން އަންނަ އާރުޓީއެލް ބަހުގެ ޚިދުމަތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ކުންފުނިން ފޯރުކޮށްދެމުން އަންނަ އާރުޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ R12 ރޫޓަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. މި ރޫޓްގެ ބަސްތައް މިމުއްދަތުގައި ޖުމްހޫރީ މައިދާން ބަސްހުއްޓިއަށް މަޑު ނުކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މިކަމުގެ ސަބަބުން ކަސްޓަމަރުންނަސް ދިމާވެދާނެ ދަތިތަކަށް ކުންފުނިން ވަނީ މާފަށް އެދިފައެވެ. އިތުރު މައުލޫމާތު ބޭނުންވާ ކަމުގައިވަނީނަމަ ކުންފުނީގެ ހޮޓްލައިންއަށް ގުޅުމަށްވެސް އެދިފައިވެއެވެ.
މާލޭ ސިޓީގެ ވަށަމަގު (ބޮޑުތަކުރުފާނުމަގު) ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށް އެމްއެމްއޭ ކައިރިން އެ މަގުގެ އެެއްފަޅި ބަންދުކޮށް، އެ ސަރަހައްދުގެ ފަޅު ވެސް ބަންދުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާއިރު، އެ ސަރަހައްދަކީ އަތޮޅުތަކުން ގިނަ އަދަދެއްގެ ފެރީ ގާތްކުރާ ސަރަހައްދެއްކަން ފާހަގަކުރެވެއެވެ.
މިއީ މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއްސަރަހައްދުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން ބާރުބޮޑުވާ ގަޑިތަކުގައި ޓްރެފިކަށް މަސްމާރުކޭޓު ސަރަހައްދުން ބައެއް ބަންދުކުރާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރުން އީރާނާއެކު ސިޔާސީ ގުޅުން ޤާއިމު ކުރުމަށް ނިންމައިފި
2 އަހަރު ކުރިން

ރާއްޖެ މިދަނީ އިޤްތިޞާދީ ބޮޑު ކާރިސާއަކާ ދިމާލަށް - އަމްރު
2 އަހަރު ކުރިން

އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު!
2 އަހަރު ކުރިން

ރާއްޖެއަށް ގެންނަ އިގްތިސާދީ އިސްލާހި އެޖެންޑާއަށް އިތުބާރު އެބައޮތް: އައިއެމްއެފް
2 އަހަރު ކުރިން