logo

އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމުގައި ސާބިތުކަމާއެކު ސަރުކާރު ދެމިއޮންނާނެ: ރައީސް

profile

މުޙައްމަދު ފަޟްލޫން - 20 ފެބްރުއަރީ 2026 - 10:34

ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާކޮށް ވަރުގަދަކުރުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

https://wamco.com.mv/

ދުނިޔޭގެ އިޖުތިމާއީ އަދާލަތުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދުވަސް ފާހަގަކުރާއިރު ދިވެހިރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައާ އެކުގައި ކަމަށެވެ.

ރާއްޖޭގެ މާހައުލަށް ބަލާއިރު މިއީ ނުހަނު މުހިންމު ދުވަހެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ޖިއޮގްރަފީ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބެހިފައިވާ ރަށްތަކުގެ ރައްޔިތުންނަށް، ހަމަހަމަ ފުރުސަތުތަކެއް ލިބިދޭ، އަބުރުވެރި އަދި ރައްކާތެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، އިޖުތިމާއީ ރައްކާތެރިކަން ވަރުގަދަކުރުމުގެ އިތުރުން، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތާއި، ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރުމަށާއި، އަދި އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. މީގެއިތުރުން، މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމާއި، އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ހިމެނޭހެން އިގްތިސާދީ މަންފާ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފަހިކޮށްދިނުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk