
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަފްލަހުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި

އާމިނަތު ޝަޒްލާ - 30 މޭ 2026 - 11:33
16 އަހަރުގެ ކުޑަކުއްޖަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި "ބްރައިޓް މައިންޑްސް" ގެ ކުރީގެ ވެރިޔާ އަލީ އަފްލަހުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ މިދިޔަ އަންގާރަ ދުވަހު އަފްލަހުގެ މައްޗަށް ޖުމްލަ ހަ ދައުވާއެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަފްލަހުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ މަހުރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާ އާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށް ޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ އާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، އަފްލަހު ވަނީ އެ އަންހެން ކުއްޖާއަށް އުމުރުން 14 އަހަރުން ފެށިގެން 16 އަހަރު ވަންދެން އެކި ދުވަސްމަތިން ޖިންސީ ގޯނާކޮށްފައެވެ.
މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި އަފްލަހު މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ. އޭނާގެ ބަންދަށް އެންމެ ފަހުން އިތުރުކުރި 30 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދު ކަނޑު ގަދަވާނެ: މެޓް އޮފީސް
ގަޑިއިރެއް ކުރިން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގަ ވޯޓުލާ ފޮށިތައް އަންނަ ބުދަ ދުވަހު ފޮނުވާނެ: އީސީ
ގަޑިއިރެއް ކުރިން

ޢަބްދުލްޢަޒީޒު މުޙައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
4 ގަޑިއިރު ކުރިން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިސްލާމީ ކޭމްޕްގަ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)