logo

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިސްލާމީ ކޭމްޕްގަ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

profile

އާމިނަތު ޝަޒްލާ - 30 މޭ 2026 - 06:36

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އިސްލާމީ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.

https://wamco.com.mv/

މި ކޭމްޕަކީ ހިލްމު އެކަޑެމީން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ކޭމްޕެކެވެ. މިއީ ސްކޫލްތަކުގެ ގްރޭޑް 9 އަދި 10 އެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ކޭމްޕަކީ ދީނީ ގޮތުން މުހިންމު މައުލޫމާތުތަކެއް ދިނުމުގެ އިތުރުން، އަމަލީ ގޮތުން ގިނަ ތަޖުރިބާތަކެއް ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ކޭމްޕްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ކަމަށްވާ ޝައިހް އާޒިމް ހާލިދާއި ޝައިހް ހަނޫން ހުސައިނެވެ.

ބައިވެރިވާން ބޭނުންވާ ދަރިވަރުން 680 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. އަދި ކޭމްޕާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން 7942131 ނުވަތަ 9174749 އަށް ގުޅުއްވުމަށް އެ އެކަޑެމީން އެދެއެވެ. ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް މި ފުރުސަތު ހުޅުވާލެވިފައިވާއިރު، މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ބޭއްވޭ އެންމެ ފުޅާ އަދި އެންމެ ބޮޑު އެއް ހަރަކާތަށް ވެގެންދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk