logo

ޢަބްދުލްޢަޒީޒު މުޙައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

profile

އާމިނަތު ޝަޒްލާ - 30 މޭ 2026 - 09:34

ފުވައްމުލައްސިޓީ، ފުނާޑު، ރިޔާޒް (ހުސްނުހީނާގެ)، އަލްމަރްޙޫމް ޢަބްދުލްޢަޒީޒު މުޙައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް ތައުޒިޔާ ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައެވެ.

https://wamco.com.mv/

ރައީސްގެ ޕޯސްޓްގައި ވަނީ ޢަބްދުލްޢަޒީޒު މުޙައްމަދަކީ، ޚިދުމަތްތެރި ތަޢުލީމީ ޢާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ، ހުނަރުވެރި ކުޅަދާނަ ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް 1960ގެ އަހަރުތަކުގައި، އައްޑޫ ނޫރާނީ ސްކޫލުގައި އިނގިރޭސިބަހުގެ ޓީޗަރެއްގެ ގޮތުގައި އެތައް ކުއްޖަކަށް އުނގަންނައިދެއްވުމާއި އޭގެފަހުން ކަނޑުދަތުރުފަތުރުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވި މަސައްކަތް ފާހަގަކުރައްވާފައިވެއެވެ.

މަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދު ވަކިވެވަޑައިގަތުމަކީ، ތަޖުރިބާކާރު ހަރުދަނާ ޝަޚްޞިއްޔަތެއް ގެއްލިދިޔުންކަން ފާހަގަކުރައްވާ ރައީސް ވަނީ ހިތާމައިގެ މި ދަނޑިވަޅުގައި، މަރްޙޫމްގެ ޢާއިލާއަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk