logo

ބަނގުރާ ވިއްކަމުންދިޔަ އިންޑިއާ ބައެއްގެ އަތުން ވަގު ޑޮލަރުތަކެއް

profile

ޒިދާން މުޙައްމަދު - 26 އޯގަސްޓު 2024 - 14:21

ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ބަނގުރަލާއެކު ހައްޔަރު ކުރި އިންޑިއާ ބައެއްގެ އަތުން ވަގު ޑޮލަރުތަކެއް ފެނިއްޖެއެވެ.

މި ދެ މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައި ވަނީ މާލޭގެ ފިހާރައެއްގައި ބަނގުރާ ވިއްކާ ކަމަށް ޕޮލިސް ކޮމާންޑް ސެންޓަަރަށް ދިން މައުލުމާތަކާ ގުޅިގެން ވެރިފަރާތުގެ ހުއްދައާއެކު ފުލުހުން އެ ފިހާރަ ބަލައި ފާސް ކުރުމުން ގުދަނުން ގިނަ އަދަދެއްގެ ބަނގުރާ އަދި ފައިސާ ފެނިފައިވާއިރު، ވަގު ޑޮލަރުވެސް ފެނިފައިވާ ކަަމަށް ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގައިވާ ކަމަށެވެ.

މި ދެ މީހުންނަކީވެސް އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް އުޅޭ ދެ މީހުން ކަމަށްވާއިރު، ދެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަށް ވަނީ އިއުތިރާފުވެފައެވެ. އަދި މިކަން ކުރަނީ ވެރިންނަށް ނޭނގި ކަމަށްވެސް ބުނެފައި ވެއެވެ.

ކޯޓުން ވަނީ މި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

tel:+9607331319