
ސަފާރީއަކަށް އެރުވި ބަނގުރާ ކޭސްތަކެއް ފުލުހުންގެ ބެލުމުގެދަށަށް

އައިޝަތު އިނާޝާ - 04 ފެބްރުއަރީ 2025 - 07:00
ގަވާއިދާ ހިލާފަށް ސަފާރީއަކަށް އެރުވި ބަނގުރާ ކޭސްތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނިގޮތުގައި އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި މަހުގެމަހުގެ 2 ވަނަ ދުވަހު، އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަތިން ކަމަށެވެ.
މި އޮޕަރޭޝަނުގައި، ދިއްގަރުފަޅާއި މަހިބަދުއާ ހިސާބުން ކަނޑުމަތިން ދޯންޏަކާއި ސަފާރީއެއް ބަލައިފާސްކުރި އިރު 1794 ފުޅި ބަނގުރާއާއި 1680 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މި ތަކެއްޗަކީ ގަވާއިދާ އެއްގޮތަށް ބޮންޑެޑް ވެއާހައުސްއިން ނެރެގެން ރިސޯޓަކަށް ގެންދަން އުޅުނު ތަކެތި ކަމާއި މި ތަކެތި ސަފާރީއަށް އަރުވާފައިވަނީ ގަވާއިދާ ހިލާފަށްކަން ތަހުގީގުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އައްޑޫ ސިޓީ ލިންކް ރޯޑް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު އައްޑޫ އަށް ގެންގޮސްފި
ގަޑިއިރެއް ކުރިން

ޑަބްލިޔުޑީސީ ރައީސާއިންނަށް މުސާރަ ބޮޑު ކުރީ މަގާމުގެ މަސްއޫލިއްޔަތައް ބެލުމަށްފަހު: ނިމާލު
ގަޑިއިރެއް ކުރިން

ހުޅުމާލޭ ހޮސްޕިޓަލުން ފިލި ގައިދީ ހޯދައިފި
ގަޑިއިރެއް ކުރިން

ނޫސްވެރިޔާ ލީވާން މިނިވަންވެއްޖެ
ގަޑިއިރެއް ކުރިން


.gif&w=3840&q=75)