logo
އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު

އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު

ފުށިދިއްގަރުފަޅުގެ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

profile

އާމިނަތު ޝަޒްލާ - 02 ނޮވެމްބަރު 2026 - 10:50

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުށިދިއްގަރުފަޅު (ރަސްމާލެ) ގައި ހިންގަވަން އުޅުއްވާ މަސައްކަތްތައް ހަމަ މިހާރުން މިހާރަށް ހުއްޓާލެއްވުމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

https://wamco.com.mv/

ޝާހިދު މިކަމަށް ގޮވާލެއްވީ މިއަދު އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދު ވިދާޅުވީ، ފުށިދިއްގަރުފަޅަކީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 12.3 ބިލިއަން ރުފިޔާ) ޚަރަދުކޮށްގެން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ހިއްކަމުންދާ ތަނެއް ކަމަށެވެ. އަދި އެހާ ބޮޑު ޚަރަދެއް ކޮށްފައިވާ ބިމެއް، ބޭރުގެ ކުންފުންޏަކަށް ގަނޑުކޮށް ހިލޭ ދެވިގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ސަރުކާރަށް ގޮވާލަން ހަމަ މިހާރުން މިހާރަށް ފުށިދިއްގަރުފަޅުގައި ހިންގަވަން އުޅުއްވާ މަސައްކަތް ހުއްޓާލެއްވުމަށް. އަށްސަތޭކަ މިލިއަން ޑޮލަރު ޚަރަދުކޮށް އެތަން ހިއްކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން. ބޭރު ކުންފުންޏަކަށް އެ ބިން، ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކޮށްފައި އޮތް އަށްސަތޭކަ މިލިއަން ޑޮލަރު ގަނޑުކޮށް ހިލޭ ދެވިގެން ނުވާނެ،" ޝާހިދުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ސަރުކާރުން ރައްޔިތުންގެ މުދަލާއި ބިމާމެދު މިފަދަ ގޮތަކަށް އަމަލުކުރުމުން އޭގެ ނިކަމެތިކަން ލިބިގެންދާނީ ސީދާ ދިވެހި ރައްޔިތުންނަށް ކަމަށް ވިދާޅުވެ، މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން "ރަސްމާލެ" ނަމުގައި ސިޓީއެއް ތަރައްޤީ ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ސަރުކާރުން ބުނެފައިވަނީ އެ ފަޅުން ގާތްގަނޑަކަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި، އެއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ހިންގާ މަޝްރޫޢެއް ކަމަށެވެ.

ނަމަވެސް، މި މަޝްރޫޢު ޔޫއޭއީގެ އީގަލް ހިލްސްއަށް، 99 އަހަރުގެ ދިގު މުއްދަތަކަށް ދިނުމަށް އެއްބަސްވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319