ހިމަބިއްސަށް ފަރުވާ ހޯދަމުންދާ އެއްވެސް މީހަކު މިވަގުތު ނެތް: ސިއްހީ ވުޒާރާ

މުޙައްމަދު ފަޟްލޫން - 27 ސެޕްޓެމްބަރު 2026 - 12:18
މިވަގުތު ރާއްޖޭގައި ހިމަބިހި ޖެހިގެން ފަރުވާދެމުންދާ އެއްވެސް މީހަކު ނެތް ކަމަށާއި، މި ބަލި މިހާރު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާ އިން ހާމަކޮށްފިއެވެ.
މީޑިއާ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ސިއްހަތާއި ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވީ، ހިމަބިއްސަކީ މީގެކުރިން ރާއްޖެއިން ކާމިޔާބުކަމާއެކު ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް، ރާއްޖެއިން ބޭރަށް ދަތުރުފަތުރުކުރާ ފަރާތްތަކުގެ ފަރާތުން ދޭތެރެދޭތެރެއިން މި ބަލީގެ ކޭސްތައް ފެންނަމުންދާ ކަމަށެވެ.
މިއަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް 282 މީހަކަށް މި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވީ ނަމަވެސް، މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދާ އެކްޓިވް އެއްވެސް ކޭހެއް ނެތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ބަލި ފެތުރުން ހުއްޓުވުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ދިނުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިފަހަރު ހިންގި ޚާއްޞަ ވެކްސިން ކެމްޕޭނުގެ ދަށުން 16،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަބަދުވެސް އަޅަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ރަސްމީކޮށް ކަނޑައަޅާފައިވަނީ 2017 ވަނަ އަހަރުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ތަރިކަ ބޭނުންކޮށްގެން ފަތުރުވެރިކަން ކުރިއަރުވަން މޭޔަރު ގޮވާލައްވައިފި
3 ގަޑިއިރު ކުރިން

ސިނަމާލެ ބްރިޖުން ހިނގާފައިދާ މީހުންނަށް ފިޔަވަޅު އަޅަނީ
3 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
835 މިލިއަން ރުފިޔާގެ ޚަރަދާއެކު ކުރިއަށްގެންދިޔަ ހިލޭ ޑިގްރީ ނިންމި ދަރިވަރުންގެ ސީދާ އަދަދެއް ނޭނގޭ
3 ގަޑިއިރު ކުރިން

ދަރިވަރުންގެ މުސްތަޤުބަލު ބައްޓަންކުރުމުގައި މަތީ ސާނަވީ އިމްތިހާނަކީ މުހިންމު ފިޔަވަޅެއް: ރައީސް ޑރ. މުޢިއްޒު
3 ގަޑިއިރު ކުރިން


