logo
އަޒަރު ބައިޖާން އެއަރލައިން / ފޮޓޯ: އެމްއޭސީއެލް

އަޒަރު ބައިޖާން އެއަރލައިން / ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ އައު ޓާރމިނަލުން އެއާ އަސްޓަނާއާއި އަޒަރުބައިޖާން އެއާރލައިނަށް ހިދުމަތް ދޭން ފަށައިފި

profile

އައިޝަތު އިބްރާހިމް - 27 އޮކްޓޯބަރު 2025 - 15:32

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް (ވީއައިއޭ)ގެ އައު ޓާރމިނަލުން އެއާރ އަސްޓަނާއާއި އަޒަރުބައިޖާން އެއާރލައިނަށް ހިދުމަތް ދޭން ފަށައިފިއެވެ.

https://wamco.com.mv/

މި ދެ އެއާރލައިނަށް ވީއައިއޭގެ އައު ޓާރމިނަލްގެ ޓާރމިނަލް 1 އިން ހިދުމަތް ފެށުމުގެ ގޮތުން ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ. އަދި މި ދެ އެއާރލައިނަށް ހާއްސަ ޗެކިން ކައުންޓަރުތައް ވެސް ވަނީ ރަސްމީކޮށް ހުޅުވާފަކަމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ން ވަނީ ބުނެފައެވެ.

ޓާރމިނަލް 1 އިން އަޒަރްބައިޖާން އެއާރލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމްއެވެ.

undefinedއަޒަރު ބައިޖާން ފްލައިޓަށް ވޯޓަރ ސެލިއުޓް އަރުވަނީ: ފޮޓޯ: އެމްއޭސީއެލް

ރަސްމިއްޔާތުގައި އަވިއާ މޯލްޑިވްސްގެ ޑިރެކްޓަރު އަހުމަދު އަރުޝަދު އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި އަޒަރްބައިޖާން އެއާރލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 55 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާރމިނަލް 1 އަށް ކައިރި ކުރި އެ އެއާރލައިންގެ ފުރަތަމަ ފްލައިޓް، J2301 އިން ރާއްޖެ އައި 156 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އަޒަރްބައިޖާން އެއާރލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 9 ނޮވެންބަރު 2024 ގައެވެ.

undefinedއަޒަރުބައިޖާން އެއަރލައިނުން ރާއްޖެ އައި ފަތުރުވެރިންނަށް ހަދިޔާ ދެނީ/ ފޮޓޯ: އެމްއޭސީއެލް

އެއާރ އަސްޓަނާއަކީ ވީއައިއޭގެ އައު ޓާމިނަލް ހިދުމަތް ދޭން ފެށި 15 ވަނަ އެއާލައިނެވެ. އަޒަރުބައިޖާން އެއާލައިންސްއަށް އެ ޓާރމިނަލް ހިދުމަތް ދޭން ފެށުމާއެކު މި ޓާރމިނަލުން ހިދުމަތް ދޭން ފެށި އެއާރލައިންގެ އަދަދު މިހާރު ވަނީ 16 އަށް އަރާފައެވެ.

ވީއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay