logo

ރާއްޖޭގެ 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފި

profile

އާމިނަތު ޝަޒްލާ - 11 އޮކްޓޯބަރު 2026 - 12:19

"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގެ ދަށުން، ރާއްޖޭގެ 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމުގެ މުހިންމު މަޝްރޫޢެއްގައި މިއަދު ސޮއިކޮށްފިއެވެ.

https://wamco.com.mv/

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމުގެ މަޤްޞަދުގައި ހިންގޭ ޚާއްޞަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ކަނޑައެޅިފައިވާ 10 ރަށުގައި ޤާއިމުކުރެވޭ އެގްރޯފޮރެސްޓްރީ ދަނޑުތަކުގައި މައިގަނޑު ގޮތެއްގައި ހައްދަން ހަމަޖެހިފައިވަނީ ރާއްޖޭގެ މާޙައުލާ ގުޅޭ ދިގު މުއްދަތުގެ ގަސްގަހާގެއްސާއި، ކުރު މުއްދަތެއްގެ ތެރޭގައި ފައިދާ ލިބޭނޭ ފަދަ ކާބޯތަކެތީގެ ބާވަތްތަކެވެ. މިގޮތުން ޖަންގަލިތަކާއި ދަނޑުވެރިކަން އެކުލެވޭ ގޮތަށް ތަރައްޤީކުރާ މި ދަނޑުތަކުގެ ސަބަބުން ބިމުގެ ފަސްގަނޑު މުއްސަނދިވެ، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.

ސަރުކާރުން ރާއްޖޭގެ ފެހިކަން އިތުރުކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށްޓަކައި އިޢުލާންކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ބޮޑު މަޝްރޫޢަކީ، ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކޮށް، ކުރިމަގުގެ ޖީލުތަކަށް ފެހި އަދި ދުޅަހެޔޮ މާޙައުލެއް ފޯރުކޮށްދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫޢު ފެށުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާވެ، އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ރަށްރަށަށް ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

https://wamco.com.mv/
tel:+9607331319