އެޗްވީގެ ދެ ޓްރާންސްފޯމަރު ގަސްދުގައި ފަޅާލައި ކަރަންޓު ނެޓްވޯކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެ

މުހައްމަދު ހަފީޒް - 11 ޖެނުއަރީ 2025 - 05:39
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ހައި-ވޯލްޓޭޖް (އެޗްވީ) ދެ ޓްރާންސްފޯމަރަށް ރޭ ގެއްލުންދީފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޓްރާންސްފޯމަރު ބަހައްޓާފަައިވާ ތަނުގެ ގޭޓާއި އެތަނުގައި ހުރި ތަޅުގެ އިތުރުން އެޗްވީ ސިސްޓަމަށް ބަޔަކު ގެއްލުންދީފައިވާ ކަމަށެވެ.
ޓްރާންސްފޯމަރަށް ގެއްލުންދީފައިވާ ގޮތުން އެކަން ކުރީ ޓްރާންސްފޯމަރު ސިސްޓަމް މަސައްކަތްކުރާ ގޮތުގެ މައުލޫމާތު އެނގޭ ބަޔަކު ކަމަށާއި މިފަދަ ކަމެއް ކުރުމަކީ ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާތަކެއް ނުވަތަ މީހާ މަރުވެދާނެ ކަމެއް ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.
ފަހުމީ ވަނީ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މިދިޔަ އަހަރު މަރުވިކަން ފާހަގަކުރައްވާފައެވެ.
އެ ހާދިސާ ހިނގީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އެ ހާދިސާ ހިނގީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހިގެންނެވެ
ޓްރާންސްފޯމަރަށް ގެއްލުން ދިނުމުގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ.
ގުޅުން ހުރި ޙަބަރުތައް

އިންތިހާބުތަކާއި ގުޅޭ ކަންބޮޑުވުން އެމްޑީޕީ އިން އީސީ އާއި ހިއްސާކޮށްފި
7 ގަޑިއިރު ކުރިން

މޯލްޑވިއަނުން ބަންގްލަދޭޝްއަށް ދަތުރުތައް ފަށައިފި
7 ގަޑިއިރު ކުރިން

ތެޔޮ ލިބުމުގައި ތާށިކަމެއް ނެތް، ރައީސްގެ އަމާޒަކީ ތެލުގެ އަގުބޮޑުވިޔަ ނުދިނުން: ވަޒީރު ޒަމީރު
10 ގަޑިއިރު ކުރިން

ލޯނާއި އިންޓްރަސްޓަށް 1 ބިލިއަން ރުފިޔާ ދައްކައިފި
12 ގަޑިއިރު ކުރިން


.gif&w=3840&q=75)