
"މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު" އެކުލަވާލައިފި

އައިޝަތު އިނާޝާ - 15 ޑިސެމްބަރު 2025 - 06:35
ޔުނެސްކޯގެ އިންޓަރ ގަވަމެންޓަލް އޯޝަނޯގްރަފިކް ކޮމިޝަން (ޔުނެސްކޯ-އައިއޯސީ) އިން ހިންގާ ސުނާމީ ރެޑީ ރެކަގްނިޝަން ޕްރޮގްރާމް (ޓީއާރުއާރުޕީ) ރާއްޖޭގައި ހިންގުމަށް ޓަކައި މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު އެކުލަވާލައިފިއެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ސުނާމީ ރެޑީ ބޯޑު އެކުލަވައިލުމުގެ މަޤްޞަދަކީ ޔުނެސްކޯ-އައިއޯސީގެ ޓީއާރުއާރުޕީ ޕްރޮގްރާމް ރާއްޖޭގައި ހިންގާ، އެ ޕްރޮގްރާމްގެ ދަށުން ކުރަންޖެހޭ ކަންކަން ވިލަރެސްކުރުމެވެ.
މޯލްޑިވްސް ސުނާމީ ރެޑީ ބޯޑުގައި ސިޓީސް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ފިނޭންސާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ދިވެހި ރެޑް ކްރެސެންޓްގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ޔުނެސްކޯއިން ކަނޑައަޅައިފައިވާ މިންގަނޑުތައް ފުރިހަމަ ކުރޭތޯ ޔަޤީންކުރުމާއެކު، މިންގަނޑުތައް ފުރިހަމަ ކުރާ ރަށްތަކަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތްކުރުން މި ބޯޑުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
ސުނާމީ ރެޑީ ރެކޮގްނިޝަން ސެޓްފިކެޓް ދިނުމުގައި ޔުނެސްކޯއިން ބަލައި ބައެއް ކަންތައްތަކުގެ ތެރޭގައި ކާރިސީ ޙާލަތުގައި ޢަމަލުކުރާނެ ޕްލޭނެއް އޮތުމާއި، ކުއްލި ޙާލަތުގައި ޙަރަކާތްތެރިވާނެ މީހުން ތަމްރީންކުރުމާއި، ކާރިސީ ޙާލަތެއްގައި ޢަމަލުކުރަންޖެހޭ ގޮތާއި، އެކަމާ ގުޅޭ އިރުޝާދުތައް އާންމުންނަށް ފަސޭހަކަމާއެކު އެނގޭ ގޮތަށް ރަށްރަށުގައި ފެންނަ ގޮތަށް ބެހެއްޓުން ފަދަ ކަންކަން ހިމެނެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ 2030 އަންނަން ވާއިރަށް ވިލުންވެރި ރާއްޖޭގެ ލަނޑުދަނޑި ޙާޞިލްކުރުމަށް، ރާއްޖޭގެ ހުރިހާ ރަށަކަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމަށް މަސައްކަތްކުރުމެވެ. އެހެން ކަމުން މިއީ ވިލުންވެރި ރާއްޖޭގެ ލަނޑުދަނޑި ޙާޞިލްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނޭ މުހިންމު ބައިނަލްއަޤުވާމީ ރެކޮގްނިޝަންއެކެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯކް ޕްލޭސް އިންކްލޫސިވްގެ ނަމުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
ގަޑިއިރެއް ކުރިން

ސުނާމީ ރެޑީ ބޯޑުގެ ވައިސް ޗެއާއަަކަށް ލޯކަލް ގަވަމަންޓް މިނިސްޓްރީ
3 ގަޑިއިރު ކުރިން

ސިނގިރޭޓް ކޮންޓެއިނަރ މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅައިފި
4 ގަޑިއިރު ކުރިން

ފުލުހުންގެ އަސާސީ ތަމްރީން ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލްކޮށްފި
4 ގަޑިއިރު ކުރިން


