
ފިތުރު ޒަކާތުގެ ގޮތުގައި 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގަނެފި

މުޙައްމަދު ފަޟްލޫން - 20 މާރިޗު 2026 - 06:57
ފިތުރު ޒަކާތުގެ ގޮތުގައި 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގަނެފިއެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސް އިން ވަނީ 15.9 މިލިއަން ރުފިޔާ ބަލައިގަނެފައެވެ.
މި އަހަރު ފިޠުރު ޒަކާތް ބަލައިގަނެފައިވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، ފަސޭހަކަމާ އެކު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި ހަތް އޮންލައިން ޕްލެޓްފޯމެއް ބޭނުންކޮށްގެންނެވެ.
މީގެ އިތުރުން، އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ ފަރާތްތަކަށް ޚާއްޞަކޮށް، ރަށްރަށުގެ ކައުންސިލުތަކުން ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ފައިސާ ޖަމާކުރުމަށް ޓަކައި ޚާއްޞަ އޮންލައިން ޕޯޓަލެއް ޒަކާތު ހައުސްއިން ތަޢާރުފުކުރިއެވެ.
މާލެ ސަރަޙައްދުގައި ވެސް އިސްލާމީ މަރުކަޒުގެ ހޯލުގައި ނަގުދު ފައިސާއާއި ކޭޝް ކާޑު މެދުވެރިކޮށް ޒަކާތް ބަލައިގަނެފައިވެއެވެ. އަދި ގޮވާމުން ވެސް ޒަކާތް ބަލައިގަނެ ޒަކާތް ބަލައިގަތުމާއި ބެހުން ކުރިއަށް ގެންގޮސްފައިވެއެވެ.
ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް ވަނީ މޮނިޓަރ ކުރެވިފައެވެ.
އަދި މީގެ ސަބަބުން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ފައިސާ ބެހުމަށް މަގުފަހިވެގެންދިޔައެވެ.
ޒަކާތު ހައުސްއިން ވަނީ ފިތުުރު ޒަކާތް އޭގެ ބެހެނިވެރިންނަށް ބަހާފައެވެ. މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6000 ރުފިޔާ ވަނީ ބަހާފައެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހަމަހަމަކޮށް ފިޠުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިޠުރު ޒަކާތް ބެހި ފަހަރެވެ.
ގުޅުން ހުރި ޙަބަރުތައް

ޢީދުގެ އުފާ ފާޅުކުރުމުގައި ޝަރުއީ މިންގަނޑުގައި ހިފަހައްޓަން ޚުތުބާގައި ހަނދާންކޮށްދީފި
4 ގަޑިއިރު ކުރިން

ހޯރަފުށީގެ ބޮޑެތި މަޝްރޫއުތަކެއް އެމްޓީސީސީ އިން ކުރިއަށްގެންދަނީ
4 ގަޑިއިރު ކުރިން

ރައީސްގެ ޢީދު ސަލާމްކުރެއްވުމަށް ބޮޑު ތަރުހީބެއް
4 ގަޑިއިރު ކުރިން

ރައީސް، އިސްލާމީ ޤައުމުތަކާއި ޖަމާޢަތްތަކުގެ ވެރިންނަށް، އީދުގެ ތަހުނިޔާ ފޮނުއްވައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)