
މީދޫ ވޮލީ ކޯޓް ހުޅުވާދެއްވީ މެޑަމް ސާޖިދާ

ޝަހްޒާ މުޙައްމަދު - 13 ފެބްރުއަރީ 2026 - 09:04
ދ މީދޫ ވޮލީބޯޅަ ކޯޓް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިއްޔެ ހުޅުއްވައިދެއްވައިފިއެވެ.
ވޮލީބޯޅަ ކޯޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި އެވުޒާރާގެ އިސްވެރިން އަދި ރަށުގެ މުއައްސާތަކުގެ އިސްވެރިންނެވެ.
ވޮލީބޯޅަ ކޯޓް ހުޅުވުމުގެ ގޮތުން މީދޫގެ ޒުވާން އަންހެން ކުދިންގެ މެދުގައި ކުޅުނު އެކުވެރިކަމުގެ މެޗު މެޑަމް ސާޖިދާވަނީ ވަނީ ބައްލަވާލައްވާފައެވެ.
މި ވޮލީކޯޓަކީ އެރަށުގައި ގާއިމުކުރެވުނު ފުރަތަމަ ވޮލީކޯޓަށްވާއިރު މިމަޝްރޫޢަކީ ސަރުކާރުގެ ފަރާތުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. ގާތްގަނޑަކަށް ދެމަސް ދުވަހުން ނިންމާ ހަވާލުކުރެވުނު، މިމަސައްކަތުގެ ޢަމަލީ މަސައްކަތް ފަށާފަވަނީ ފާއިތުވެދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ދެވަނަ ދުވަހުއެވެ.
ކުޅިވަރުގެ ވަސީލަތްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް ސަރުކާރުން ފައްޓަވާފަވާއިރު، މިމަޝްރޫއުގެ ދަށުން ދަނޑުތަކާއި، ކޯޓުތަކާއި ޓްރެކްތަކުގެ މަސައްކަތްދަނީ ކުރެވެމުންނެވެ.
ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދަވާ މިމަޝްރޫއުތަކުގެ ބޭނުމަކީ ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ދުޅަހެޔޮ އާބާދީއަކަށް ހެދުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެންޕީ އަށް ރައީސް މުއިއްޒު މަރުހަބާ ދަންނަވައިފި
2 ގަޑިއިރު ކުރިން

ރާއްޖެއިން ބޫޓާނަށް ކަނޑައަޅުއްވާފައިވާ ސަފީރު، އެ ޤައުމުގެ ރަސްގެފާނަށް ފަތްކޮޅުއަރުވައިފި
2 ގަޑިއިރު ކުރިން

ޚުތުބާ: ގަސްތުގައި ރޯދައެއް ދޫކުރުމަކީ ބޮޑު ފާފައެއް
4 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގުފުޅާކުރުން: ރޯދައިގެ ކުރިން ބާޒާރުމަތީ މަގު ނިންމަނީ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)