
މިހާތަނަށް 390 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މުޙައްމަދު ފަޟްލޫން - 20 ފެބްރުއަރީ 2026 - 10:33
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3 ލައްކަ 90 ހާހަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 390،004 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މިއަދަދަކީ ހުސްވި އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 8.2 އިންސައްތައިގެ ކުރިއެރުމެކެވެ.
ހުސްވި އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 360,401 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކަށް ބަލާއިރު ޗައިނާ އާއި އިނގިރޭސިވިލާތާއި އިޓަލީގެ އިތުރުން ރަޝިޔާ ހިމެނެއެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އެތެރެވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައޭ މެދުވެރިކޮށެވެ.
މިހާތަނަށް ރާއްޖެއަށް ، ޗުއްޓީ ހޭދަކޮށްލުމަށް 387,594 ފަތުރުވެރިން އައިސްފައިވެއެވެ.
ވިޔަފާރީގެ ބޭނުންތަކަށް 1,345 ފަތުރުވެރިން އަދި ކްރޫޒްލައިނާތަކުން 1,065 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7,959 ފަތުރުވެރިން އަންނައިރު، މި މަހުގެ 14 ވަނަ ދުވަހު ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ރާއްޖެއަށް 11,136 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ކުރިއަށް އޮތީ ވަރަށް އުންމީދީ އިންތިހާބެއް، 80 ޕަސެންޓު ކާމިޔާބު ކުރާނަން: މިނިސްޓަރު އާދަމް ޝަރީފް
4 ގަޑިއިރު ކުރިން
މިރޭ އިޙްޔާ ފޯރަމް ދިޔަމިގިލީގައި، ތަޤުރީރު ކުރައްވާނީ އައްޝައިޚް ޢާޒިމް ޚާލިދު!
9 ގަޑިއިރު ކުރިން

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މީހަކު ހައްޔަރުކޮށްފި
9 ގަޑިއިރު ކުރިން
.png&w=3840&q=75)
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
9 ގަޑިއިރު ކުރިން


.gif&w=3840&q=75)