logo

އޭލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް ފަސްޓްލޭޑީ ކާމިޔާބީ އަށް އެދިވަޑައިގެންފި

profile

މުޙައްމަދު ފަޟްލޫން - 27 ސެޕްޓެމްބަރު 2026 - 12:16

މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެން، އެ ކުދިންނާމެދު ގައުމު ކުރަނީ ވަރަށް ފޮނި އުއްމީދުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މީސްމީޑިއާގައި އެކަމަނާ ޙިއްޞާކުރެއްވި މެސެޖެއްގައި، މާތްﷲގެ ވާގިފުޅާއެކު ކޮންމެ ދަރިވަރެއްގެ ހިތް އަލިކުރައްވައި، ވިސްނުމާއި ތޫނުފިލިކަން އިތުރުކުރައްވައި، އިމްތިހާނުގައި ފަސޭހަކަމާއެކު ޖަވާބުދެވޭނެ ތައުފީގު މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.

މީގެއިތުރުން، ބެލެނިވެރިންނާއި މުދައްރިސުން ފަޚުރުވެރިވާ ފަދަ މަތީ ނަތީޖާއެއް ހޯދައި، ކޮންމެ ދަރިވަރަކަށްވެސް އުޖާލާ މުސްތަޤުބަލަކަށް ވާސިލުވެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު ރާއްޖޭގެ 53 ސެންޓަރެއްގައި ކުރިއަށްދާއިރު، އޭލެވެލް އިމްތިހާނުގައި 4،973 ދަރިވަރުން އަދި އެޗްއެސްސީ އިމްތިހާނުގައި 2،263 ދަރިވަރުން ބައިވެރިވެއެވެ.

https://wamco.com.mv/
tel:+9607331319