
ދިވެހި ދެ އުމްރާވެރިއަކު ނިޔާވެއްޖެ

އައިޝަތު އިނާޝާ - 07 ޖެނުއަރީ 2026 - 08:11
އުމްރާގެ އަޅުކަމަށް ސައުދި އަރަބިއްޔާއަށް ދިޔަ ދިވެހި ދެ އުމްރާވެރިއަކު ނިޔާވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި ނިޔާވި ދެ އުމްރާވެރިންގެ ޖަނާޒާގެ ކަންތައް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. .
އޮފިޝަލް ވިދާޅުވީ ނިޔާވެފައި ވަނީ ސަފާ ގްރޫޕާއި ހިޖާޖް ގްރޫޕުގެ ހަވާލުގައި ދިޔަ ދެ އުމްރާވެރިން ކަމަށެވެ. އެއީ ފިރިހެން ދެ އުމްރާވެރިންނެވެ.
މި އަހަރުގެ މި ޗުއްޓީގައި 7،000 އަށް ވުރެ ގިނަ ދިވެހިން ޢުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑޮކްޓަރު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ. އަދި ޖުމުލަކޮށް ހުރިހާ ޢުމްރާވެރިންގެ ހާލުވެސް ރަނގަޅު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.
ބޮޑު ޗުއްޓީއާ ދިމާކޮށް ރާއްޖެ އިން ގިނަ ބަޔަކު އުމްރާއަށް ދާކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ މިޑް ޓާމް ބްރޭކުގައި ވެސް ހައްޖު ކޯޕަރޭޝަނާއި އަމިއްލަ އެކި ގްރޫޕުތަކުގެ ހަވާލުގައި 3000 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް ފުރިހަމަކުރި އެވެ.
ގުޅުން ހުރި ޙަބަރުތައް

ޕީއެންސީ އޮފީސް މިރޭ ހުޅުވަނީ
2 ގަޑިއިރު ކުރިން

ރީ-އެމްޕްލޯއިމަންޓްގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި
3 ގަޑިއިރު ކުރިން

ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
3 ގަޑިއިރު ކުރިން

ހައްގުވާ ތާރީޚުން ފެށިގެން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުވާ ގޮތް ހަދައިފި
6 ގަޑިއިރު ކުރިން


