logo

ޑިމޮކްރެޓުން ޕްރައިމަރީ ބާއްވަނީ 4 ދާއިރާއެއްގައި

profile

އަހުމަދު ޒަލީފު - 30 ޖެނުއަރީ 2024 - 10:30

ޑިމޮކްރެޓްސްގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް :

ޑިމޮކްރެޓްސްގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް :

ދަ ޑިމޮކްރެޓްސް އިން މަޖިލިސް ޕްރައިމަރީ އެންމެ ހަތަރު ދާއިރާއެއްގައި ބޭއްވުމަށް ނިންމައިފި އެވެ.

ޑިމޮކްރެޓްސްއިން ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ފަރާތުން މަޖިލީހަށް ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވަނީ 41 ދާއިރާއަކުން 46 ކެންޑިޑޭޓުން ކަމަށެވެ. އޭގެ ތެރެއިން އެއް ކެންޑިޑޭޓުންނަށް ވުރެ ގިނައިން ކުރިމަތިލާފައިވަނީ ހަތަރު ދާއިރާއަކަށް ކަމަށް ޑިމޮކްރެޓުން ބުންޏެވެ.

ދަ ޑިމޮކްރެޓްސްއިން މަޖިލިސް ޕްރައިމަރީ ބާއްވާ ދާއިރާތަކަކީ ހެންވޭރު ދެކުނު ދާއިރާ އާއި ކަނޑިތީމު ދާއިރާ އާއި ކެލާ ދާއިރާގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާ އެވެ.

ޕްރައިމަރީއަކާ ނުލައި ޕާޓީގެ ޓިކެޓު ކަށަވަރުވި ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓު ހަވާލުކުރާނެ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުންޏެވެ.

ޑިމޮކްރެޓްސްގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި ލިބުނު ކެންޑިޑޭޓުންގެ ތެރޭގައި ގަލޮޅު އިތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ.

ޑިމޮކްރެޓުންގެ މަޖިލިސް ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

https://wamco.com.mv/
tel:+9607331319